ޑޮލަރު ގަތް ކަމަށް ބުނެ ހުށަހެޅީ އުފައްދާފައިވާ ހެކި، ދިނީ ދޮގު ހެކިބަސް: ހުކުމް

ޑޮލަރު ގަތް ކަމަށް ބުނެ ހުށަހެޅީ އުފައްދާފައިވާ ހެކި، ދިނީ ދޮގު ހެކިބަސް: ހުކުމް

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2022 09:31
0

ވ. އާރަށް މައްސަލާގައި، ކުރީގެ ރައީސް ޔާމީން ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ އެމަނިކުފާނުގެ ދިފާއުގައި ކޯޓުގައި ހެކިބަސް ދީފައިވަނީ ދޮގު ހެކި އުފައްދައިގެން ކަމަށް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފިއެވެ.

މިމައްސަލައިގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހެކިބަސް ދެއްވި އިރު "ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން" ކަމަށް ޝަރީއަތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ އެދުމުގެ މަތިން އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނުމަށްފަހު ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ ޔާމީންގެ ދިފާއުގައި ހެކިބަސް ދިނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި، ރަޝީދު ކިޔާ މީހެކެވެ.

މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ކޯޓުގައި ހެކިބަސް ދިނީ ޔޫސުފް ނައީމް އަތުން ޑޮލަރު ގަތުމުގެ މުއާމަލާތް ޔާމީނަށް ހަމަޖައްސައިދިން ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުން މިއަދު އާންމުކުރި ހުކުމުގައިވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ހުކުމުގައިވެއެވެ.

ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ހަމަނުޖެހޭ ކަންކަން ވެސް 105 ސޮފްހާގެ އެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހެއް ބުނެ ނުދެވޭއިރު، އެއީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ވެސް ހެކިންނަށް ބުނެ ނުދެވޭ ކަމަށާއި އެކަމަކު އެދުވަހު ހިނގި އެހެން ކަންކަމުގެ ވަރަށް ކުދިކުދި ތަފްސީލުތައް ހެކިން ބުނެފައިވުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެއް ކަމަށް ހުކުމުގައިވެއެވެ.

ނަރީޝްއާ އެކު އެދުވަހު އެގެއަށް ދިޔަ ދެވަނަ މީހާގެ ހެކިބަހުގައި ހުރި ފުށުއެރުންތައް ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ދޫވެހީގައި ފައިސާ ގުނިއިރު ހުރީ ކޮޅަށް ކަމެއް ނުވަތަ ތިބީ އިށީނދެގެންކަން އޭނާއަށް ބުނެ ނުދެވޭއިރު، ޔޫސުފް ނައީމްގެ ގެއަށް ވަނީ ކިހިނެއްކަން ވެސް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެއެވެ. މީގެ އިތުރުން 15 މިލިއަން ރުފިޔާ ގެންގޮސް ޔޫސުފް ނައީމާ ހަވާލު ކުރުމުން ފައިސާ ހަމަތޯ ގުނުމެއް ނެތި ޔޫސުފް ނައީމް ލިޔުމެއްގައި ސޮއިކުރި ކަމަށް ނަރީޝް އާއި ދެވަނަ މީހާގެ ހެކިބަހުގައި ބުންޏަސް، އެއީ ސަބަބުވެރި އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު، އެމަނިކުފާނުގެ ޕީޕީއެމް އިން ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ އިންތިހާބުގެ ޓިކެޓް ހަވާލުކޮށްފައެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަޖަމު
ދޮގުމައްޗަށް ދޮގު ހުކުން ކުރުމަކީ ކުށްވެރި ނުވާނެ ކަމެއްކަމަށްތޯ ތި އުޅެނީ، މީހުންގެލެއަށް ފެންބޮވައިގަނެގެން އުޅެނީ ކީއްވެގެންތޯ، ދެން އޯކޭ ރޔާމީން ވައްކަން ކުރިއްޔޯ، ހަމަ މިބީދައިން މި ތިއްތި ސަރުކާރުގެ ރައީސް ކުޅިވަރާބެހޭ މިނިސްތަރު ކަމަށް ބުނާ މީހާ އިތުރުން މި ތިއްތި ސަރުކާރުގެ އެތައްބަޔަކުގެ ނަން ތި ކިއާ ރައިއްޔަތުންގެ ފައިސާގާ ޖެހި ތަތްތެޅިގެން އެބަ ތިބި އެހެންވީއިރު ވަގުންކަމުގާ ނުވާ މީހަކީ ކޮބައިތޯ؟ މި ތިއްތިސަރުކާރުގެ މިނިސްޓަރަކު ސީދާމީޑިއާގާ އެ ބުނަނީ، ދެން ވަގުން ވަގުހިފާހައްޔަރުކުރަން ނުކުތީމާ ވަރަށް އައްޗި ދޯ، މާރީތި ބަޔަކަށްވެގެން ތި ތެޅުވެނީ ވަގަށް މީހުން ވެސް ނަގައިގެން ތިބި ބައެއް، އެއްރުފިޔާއެކޭ އެއްމިލިއަނެކޭ ވަގު ވިއްޔާ ވާނީ ހަމަ ވަގަށް، މިސަރުކާރުގެ ރައިސް މީހާ ގައުމުގެ ޚަޒާނާއިން ދަތުރު ތައް އެ ކުރަނީ އެއީ ވަރަށް މޮޅު ކަމެއްތޯ؟ އަދި އެއްރުފިޔާއެއް ދެރުފިޔާއެއްނޫނޭ ދަތުރުތަކުގާ ކަވާލަނީކީ، ރައިއްޔަތުންގެ ލޯމަތީގާ ގަ ެުމު ބަނގުރޫޓުކުރަމުނއެދަނީ، ވާހަކަދެއްކިދާނެ އެންމީހުނަށްވެސް މާތާހިރު ބައެއް ނަމަ ރަނގަޅު ފާޑުފާޑަށް އަނގަ ހަލުވަން.
އ އިބުރާހިމް 2023
އެހެންވީއިރު އިސްލާމީ ސަރިއަތުގަ ކުއްވެރިވެފަ ހުކުމް ކޮއްފަ ތިބި މީހުންގެ ހެކިބަސް ވާނެތޯ ރަގަލު ހެކިބަހައް މި ދިވެހިރާއްޖެ މިދަނީ ހަލާކުގެ ތެރެއަށް ވެއްޓެމުން
ހ ހަނދު ހެންވޭރު
ނުހިނގާ ކަމެއްގެމައްޗަށް ހެކިއުފައްދާ ދޮހެކި ދީފިނަމަ އެމައްސަލަ ބެލެންވާނެ ދެއްތޮ...؟
ނ ނަރީސް
ދޮގުހެކިދިންމިއްސަލާގަ އަދަބުދޭންޖެހޭނެ
ހ ހާސްފައި
ކޮބާ ތިޔައޮތީ އަނެއްކާ ނާރެސް ކަރުންްްްްްްްްްްްްްްްްްްްްްްްްް ނާރެއްފިތިފާ ދެންކިހިނެއްވާނީ ދޮގުމައްޗަށް ދޮގުހައިގެން ސަލާމަތްވާނެބާ