ބޮލީވުޑްގެ ރީތި ބަތަލާ ކެޓްރީނާ ކައިފް އާއި ސައުތުގެ އެފަދަ ދެވަނެއް ނުވާ ކާމިތާބު އެކްޓަރ ވިޖޭ ސެތުޕަތީ އެކުގައި ފެނިގެންދާ ފިލްމް "މޭރީ ކްރިސްމަސް" ގެ ފަސްޓްލުކް ދައްކާލައިފިއެވެ.
މި ފިލްމަކީ 2018 ގެ "އަންދާދުން" އަށް ފަހު، ޑައިރެކްޓަރު ސްރީރާމް ރަގްވަން ގެނެސްދޭ ފުރަތަމަ ފިލްމެވެ. މި ފިލްްމް އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިއެވެ.
"ރޭސް" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "މޭރީ ކްރިސްމަސް" އަކީ ތުރިލާއެކެވެ. ސްރީރާމް އެންމެ ފަހުން ގެނެސްދިން 2018 ގެ ބްލެކް ކޮމެޑީ ކްރައިމް ތުރިލާ "އަންދާދުން" އަށް ވަނީ 3 ނޭޝަނަލް އެވޯޑް ލިބިފައެވެ.
އެ ފިލްމުން ފެނިގެން ދިއައީ އަޔުޝްމާން ކުރާނާގެ އިތުރުން ތާބޫއެވެ. އަޔޫޝްމާނަށް އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު އިރު، އެންމެ މޮޅު ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑް ވެސް އެއަށް ލިބުނެވެ.
"މޭރީ ކްރިސްމަސް" އަކީ އިންޓަވަލެއް ނުހިމެނޭ ގޮތަށް ހަދާ 90 މިނިޓްގެ ފިލްމެކެވެ. ބޮލީވުޑް ހަންގާމާއިން ބުނިގޮތުގައި މި ފިލްމު ސްރީރާމް ހަދަނީ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ. "މޭރީ ކްރިސްމަސް" އަށް ފަހު އޭނާ ދެން ހަދާނީ ބަޔޮގްރަފިކަލް ޑްރާމާއެކެވެ. އޭގެ ނަމަކީ "އެއްކީސް" އެވެ. ކުރިން ވަރުން ދަވަން ލީޑްރޯލު ކުޅެން އޮތް ފިލްމްގެ ލީޑުން ފެނިގެންދާނީ އަމިތާބް ބަޗަންގެ ކާފަ ދަރިފުޅުކަން އިއުލާން ކޮށްފައިވަނީ މިމަހުގެ ތެރޭގައެވެ.