އެންމެބޮޑެތި ވަގުންތިބީ ގޭގައާއި، ރާއްޖެއިން ބޭރުގައި: މުއިއްޒު

އެންމެބޮޑެތި ވަގުންތިބީ ގޭގައާއި، ރާއްޖެއިން ބޭރުގައި: މުއިއްޒު

ގުޅުންހުރި

ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޚިޔާނާތްތަކުގައި ޝާމިލުވާ މީހުންގެ ތެރެއިން ބޮޑެތި ވަގުން ތިބީ ގޭގައާއި، ރާއްޖެއިން ބޭތުގައި ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ތަޖުރިބާކާރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުން އޮތް މައްސަލައެއްގައި ރައީސް ޔާމީނަށް އިއްޔެ އިއްވި ހުކުމާއި ގުޅިގެން އާންމު މީހަކު ކުރި ޓުވީޓަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މުއިއްޒު ވިދާޅުވީ ވައްކަން ކުރި މީހުންގެ ތެރެއިން ހަގީގީ ބޮޑެތި ވަގުން މިހާރުވެސް ތިބީ ގޭގައި ބައިތިއްބާފައި ކަމަށެވެ. އަނެއްބަޔަކު ތިބި މިނިވަން ކަމާއިއެކު ރާއްޖެއިން ބޭރުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެންމެބޮޑެތި ވަގުންތިބީ ގޭގައި. އަނެއް ބަޔަކު ރާއްޖެއިން ބޭރުގައި.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިވިދާޅުވީ ގޭގައި ތިބި މީހުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު ހިމެނެއެވެ. މިދެމީހުންވެސް ހުކުމް ތަންފީޒު ކުރަމުން ދަނީ ގޭގައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދެން ޝާމިލުވާ މީހުންގެ ތެރެއިން މޮހޯއާއި، އޮއްޓޭއާއި އަދި އެނޫންވެސް ބައެއް މީހުން ތިބީ ރާއްޖެއިން ބޭރުގައެވެ.

މުއިއްޒުއަކީ މިމައްސަލާގައި އެކި ފަހަރު މަތީން ކަންބޮޑުވުން ފާޅުކޮށް މިމައްސަލަ ބެލުމަށް ބާރު އަޅުއްވާ ބޭފުޅެކެވެ. މީގެ ކުރިންވެސް މުއިއްޒު ވިދާޅުވެފައިވަނީ އެމް.އެމް.ޕީއާރުސީ މައްސަލައިގެ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިހާރު އަލަށް ދައުވާ ކުރުމަށް މަަސައްކަތް ކުރަމުންދާ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ގެއްލުނު ފައިސާ ހޯދޭނެ ކަމަކަށް ނުފެންނަ ކަމަށެވެ. މުއިއްޒު ވިދާޅުވީ މިމައްސަލާގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތްކަމަކީ ޤާނޫނުން ބޭރުން މިމައްސަލާގައި ވަކި ބަޔަކާއިއެކު އެއްބަސްވުންތަކެއް ހަދައި އާދަޔާއި ޚިލާފް ލުއިތަކެއް ދިނުންކަމަށެވެ.

މުއިއްޒު ވިދާޅުވީ މިމައްސަލާގައި މިހާރުވެސް ކުރަންވީ އެންމެ މުހިންމު ކަމަކީ މިމައްސަލާގައި ޝާމިލުވާ ބޮޑުންނަށް ލުއިދިން މީހުންނާއި، އެއްބަސްވުންތައް ހެދި މީހުންގެ މައްސަލަތައް ބެލުންކަމަށެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ިއ އޭނާގެ ވެރިކަމުގައި، ކަމެއް ހިނގުމާ، އެކަމުގައި 100 ޕަސެންޓަށް ބައިވެރިވެ އެޖަރީމާ ހިންގުމުން އެންމެ ބޮޑު ބައިވެރި ވުމެއް އޮތީ ކާކުގެތޯ؟ ލޯނޗުގެ މައްސަލަ ދިމާ ނުވިނަމަ ެަެަ އަދިވެސް އަދީބު ހުރީހީ ވެރިމީހާއަށް ފައިސާ ހޯދައިދީ ޖަރީމާ ހިންގުމުގެ މަތީގައި ނޫންބާ؟

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ