ކެޓްރީނާ އަބަދުވެސް ވިކީ އަށް ދޭ ނަސޭހަތަކީ މީ

ކެޓްރީނާ އަބަދުވެސް ވިކީ އަށް ދޭ ނަސޭހަތަކީ މީ

Author
ފާތިމަތު ނާވީ
26 ޑިސެމްބަރ 2022 09:50
0

ބޮލީވުޑްގެ ޒުވާން ދެމަފިރިން ކަމުގައިވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފް އަކީ މިހާރު ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑެވެ. މީ ގިނަ ބަޔަކު ގަބޫލު ކުރާ ޕަވާ ކަޕުލްވެސް މެއެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގައިއެވެ. ކައިވެންޏަށް ފަހު ވަރަށް ބިޒީކޮން އުޅެމުން އަދި މި ދެމަފިރިން ކައިވެންޏަށް އެއް އަހަރުވުމާއި ގުޅިގެން ވަނީ ޗުއްޓީ އަކަށް ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ވިކީ އަކީ ކެޓްރީނާ އަށް އަބަދުވެސް ވަރަށް ތައުރީފް ކުރާ ތަރިއެކެވެ. އެގޮތުން މިފަހުން ވިކީ ބުނެފައިވަނީ އަބަދުވެސް އޭނާ އަށް ކެޓްރީނާ ނަސޭހަތެއް ދޭކަމަށެވެ. އެނަސޭހަތަކީ މީހަކާ މެދުގައި ރަނގަޅު ވާހަކެއް ނުދެއްކޭނެ ނަމަ އެންމެ ރަނގަޅު ގޮތަކީ ހަނުހުރުން ކަމަށެވެ.

އަދި އެއްވެސް މީހަކާ މެދުގައި ގޯސް ވާހަކަތެއް ނުދެއްކުމަށް އަބަދުވެސް ނަސޭހަތްތެރި ވާކަމަށް ވިކީ ވަނީ ބުނެފައިއެވެ. އަދި އެއި އޭނާ ވަރަށް ބޮޑަށް ހިފަހައްޓާ ނަސޭހަތެއް ކަމަށާއި، މިފަދަ ނަސޭހަތް ތަކުގެ ސަބަބުން އޭނާ އަށް ރަނގަޅު މީހަކަށް ވުމަށް ބާރު ލިބިގެންދާކަމަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މަސައްކަތަށް ބަލާއިރުގައި ވިކީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ގޯވިންދާ މެރި ނާމް" ކިޔާ ފިލްމް އަކުންނެވެ. އެފިލްމް ގައި ވކީ އާއި އެކުގައި ފެނިގެން ގޮސް ފައިވަނީ ބޫމީ ޕޭޑްނޭކަރް އަދި ކިއާރާ އަދުވާނީއެވެ. އަނެއްކޮޅުން ކެޓްރީނާ ފެނިގެން ގޮސްފައިވަނީ އޭނާ އަލަށް ޑަބަލް ރޯލުން ފެނިގެން ދިއަ ފިލްމް "ފޯން ބޫތް" އިންނެވެ. މި ފިލްމް ގައި ކެޓްރީނާ އާއި އެކުގައި ފެނިގެން ގޮސްފަިއވަނީ ޒުވާން ދެ އެކްޓަރުން ކަމުގައިވާ އިޝާން ކައްޓަރު އަދި ސިދާންތް ޗަކްރުވޭދީއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.