އަނުޝް ގެ ސަބަބުން މުޅި ދިރިއުޅުން ބަދަލުވި ކަމަށާއި، މިހާރު ހުރި ހިސާބަށް އައުމަށް އަންހެނުންގެ ފަރާތުން ލިބުން އެއްބާލުމަކީ އޭނާގެ ކާމިޔާބީގެ އަސްލު ހަގީގީ ސަބަބު ކަމަށް ކްރިކެޓް ކުޅުންތެރިއާ ވިރާޓް ކޯލީ ބުނެފިއެއެވެ.
ވިރާޓް އާއި އަނުޝްކާ ކައިވެނި ކުރީ ވަރަށް ސިއްރުން 2017 ވަނަ އަހަރުގައިއެވެ. އަދި އެމީހުން ނަށް އަލަތު ދަރިފުޅު ލިބިފައިވަނީ 2021 ވަނަ އަހަރުގައިއެވެ. އަނުޝްކާ އާއި ވިރާޓް އަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ނަމަކީ ވަމިކާއެވެ.
އަނުޝްކާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުން ވިރާޓް ބުނެފައިވަނީ އަނުޝްކާ އާއި ދިމާވި އިރުގައި އޭނާ އަކީ ވަރަށް ބޮޑަށް މަގުގެއްލިފައިވާ މުސާފިރެއް ކަމަށެވެ. އަދި އަނުޝްކާ އަކީ ވަރަށް ވިސްނުން ތޫނު އަދި އެހާމެ ރަނގަޅު މީހެއް ކަމަށާއި، އަނުޝްކާގެ ސަބަބުން އޭނާ ގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައި ކަމަށެވެ.
އިންޑިއާގެ ގައުމީ ޓީމްގެ ކެޕްޓަން ބުނީ އަންހެނުން ނަނީ ހަމަ ހަގީގަތުގައިވެސް އޭނާގެ ހަޔާތުގެ ބެޓާ ހާފް ކަމަށާއި އަނުޝްކާ އާއި ނުލައި ދިރިއުޅޭނެ ގޮތެއްވެސް ނޭގޭ ކަމަށެވެ.
އަނުޝްކާ އާއި ވިރާޓް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ވަރަށް ސިއްރުންނެވެ. އަދި އެމީހުން ކައިވެނި ކުރީވެސް އެހާމެ ސިއްރުން ގައުމުން ބޭރުގައިއެވެ. އަދި އެމީހުން ދަރިފުޅު ވީހާވެސް މީޑިއާ އާއި ދުރުގައި ގެންގުޅެވޭތޯ މަސައްކަތް ކުރެއެވެ.
ކޮމެންޓު ފޮނުވާ