ޝިމާޒު ޔޫތަށް، ރިޔާޒު ޓްރާސްޕޯޓަށް ބަދަލުކޮށްފި

ޝިމާޒު ޔޫތަށް، ރިޔާޒު ޓްރާސްޕޯޓަށް ބަދަލުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ، އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި މެއި 29، 2022 އިން ފެށިގެން ސަސްޕެންޝަނުގައި ހުންނެވި ރިޔާޒު ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެއާއެކު، ކޮރަޕްޝަންގެ ތުހުމަތުތައް އެޅުވިފައިވާ ޝިމާޒު، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެހާ ބޮޑު ދެ ތުހުމަތެއް ކުރެވުނު ދެ ބޭފުޅުން ދެ މިނިސްޓްރީއަކަށް ބަދަލުކުރި ސަބަބެއް ތަރުޖަމާނު ވިދާޅެއްނުވެ އެ މައްސަލަ ނިމުނު ގޮތެއް ވެސް ސާފެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް އައްޔަންކުރެއްވި ރިޔާޒު ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ސަސްޕެންޝަނުގައި ހުންނެވީ މުސާރަ ލިބޭ ގޮތަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ގޮތެއް ސާފެއް ނުވެއެވެ.

ޝިމާޒު ޔޫތު މިނިސްޓްރީއަށް ބަދަލުކުރިއިރު، ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓުގެ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އޭނާގެ ބޮލުގައި ވަނީ އެޅުވިފައެވެ. އެމްއާރުއެމްގެ ޖާގައެއްގައި މިނިސްޓަރު ކަމަށް ހަމަޖެއްސި ޝިމާޒު އެ މައްސަލަތަކާ ހެދި ވަކިކޮށްދިނުމަށް އެދި ރައީސް އޮފީހުގައި ވެސް މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގަތެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރައްވައެވެ.

މައްސަލަ ޖެހުނު ދެ ބޭފުޅެއްގެ މިނިސްޓްރީ ބަދަލުކުރިއިރު، ހިޔާނާތުގެ ތުހުމަތު އެޅި ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ހުންނެވީ މަގާމުގައެވެ. ތުހުމަތު އެޅޭ ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލުކުރަން ސަރުކާރުން ނިންމި އުސޫލްތަކަށް ވެސް އޮތީ ބަދަލު ގެނެސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ސަރުކާރައްބަލައަރާމީހަކުު ވަތްކެއްނުކުރެވޭނެެ މީއަމިއްލަމިސްރާބެއްނެތިި އެނބުރާާ ވަހުތާނުު ސަރުކާރެއްވީމާާ އަމިއްލަޔަކައްް ގޮތެއްނިންމަންނޭގޭޭ ހާކާލިބުރުވާލިި ސަރުކާރެއްް

Leave a Reply

Your email address will not be published. Required fields are marked *