ދާންދޫ ހިއްކިބިން ރަށު ކައުންސިލާ ޙަވާލުކޮށްފި

ދާންދޫ ހިއްކިބިން ރަށު ކައުންސިލާ ޙަވާލުކޮށްފި

Author
ޢަލީ އާދަމް
24 ޑިސެމްބަރ 2022 07:00
0

ގއ.ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާ އެރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ދާންދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދާންދޫއަށް އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ދާންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށްފައިވެއެވެ. އަދި 833 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖަހާ، 375 މީޓަރު ބޮޑުހިލައިގެ ބްރޭކްވޯޓާ، 180 މީޓަރު ބޮޑު ހިލައިގެ ގްރޮއިން އަދި 345 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖަހާފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ، މިހާރު ދާންދޫ އަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި އެގޮތުން ހައުސިންގ ޕްރޮގްރާމެއް އެ ރަށުގައި ހިންގޭނެ ކަމަށެވެ.

185،529،343،09 ރުފިޔާ އަށް ކުރިއަށްގެންދިޔަ މި މަޝްރޫޢޫގެ މަސައްކަތް ނިމިފައިވަނީ 22 ޑިސެމްބަރު 2022ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.