ސިވިލްސާވަންޓުންނަށް ޕާކިސްތާނުގައި ތަމްރީނާއި ތަޖުރިބާ ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ސިވިލްސާވަންޓުންނަށް ޕާކިސްތާނުގައި ތަމްރީނާއި ތަޖުރިބާ ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2020 03:35
0

ދިވެހި ސިވިލް ސަރވަންޓުންނަށް ޕާކިސްތާނުގައި ތަމްރީނުވުމަށާއި އަދި ތަޖުރިބާ ޙިއްސާކުރުމުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރްއާ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިއަދު ބޭއްވި ބައްދަލުކުރައްވުމުގައި ވަނީ ދިވެހި ސިވިލް ސަރވަންޓުންނަށް ޕާކިސްތާނުގައި ތަމްރީނުވުމަށާއި އަދި ތަޖުރިބާ ޙިއްސާކުރުމުގެ އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މީގެ ކުރިން ޕާކިސްތާނުގެ އެމްބަސީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން އެމް.އޯ.ޔޫތައް އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ހަވާލުވެވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް ކޮމިޝަނުގެ މެންބަރުންވަނީ މަރުޙަބާ ދަންނަވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އާއި މެންބަރު މުހައްމަދު ފަރުޞަތާ، މެންބަރު ފާތިމަތު އާމިރާގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.