އަނުޝްކާ، ޕޫމާ ދެކެ ރުޅިއަތުވެއްޖެ

އަނުޝްކާ، ޕޫމާ ދެކެ ރުޅިއަތުވެއްޖެ

Author
ފާތިމަތު ނާވީ
25 ޑިސެމްބަރ 2022 02:01
0

ކުޅިވަރުގެ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ޖަރުމަންގެ ޕޫމާ އިން ހުއްދަ ނެތި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ފޮޓޯ ޕްރޮމޯޝަނަށް ބޭނުން ކުރުމުން އޭނާ ރުޅި ގަދަވެއްޖެ އެވެ.

ޕޫމާ އިންޑިއާ އިން އެ މީހުންގެ ސޭލްއެއް އިޝްތިހާރު ކުރުމަށް އިންސްޓަގްރާމްގައި އަނުޝްކާގެ ފޮޓޯތަކެއް ވަނީ އާންމުކޮށްފައިއެވެ. އަނުޝްކާ  ޕޫމާ އުފެއްދުންތަކެއް ލައިގެން ނަގާފައިވާ ފޮޓޯތަކެއް،  ޕޫމާ އިންޑިއާގެ ޕްރޮމޯޝްނަތަކަށް ބޭނުންކުރާތީ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގަައި އަނުޝްކާ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައިވެ އެވެ.

އަނުޝްކާ ބުނީ މީހެއްގެ ފޮޓޯ އެގޮތަށް އާންމުކުރާއިރު އެމީހެއްގެ ހުއްދަ ހޯދަން ޖެހޭނެކަން ޕޫމާ އަށް އެނގޭނެ ކަމަށެވެ. އަދި އޭނާ އަކީ ޕޫމާގެ ބްރޭންޑް އެމްބެސްޑަރު ނޫން ކަމަށްވެސް ވަނީ ބުނެފައިއެވެ.

ނަމަވެސް އަދިވެސް ޕޫމާ އިންޑިއާގެ އިންސްޓަގްރާމްގައި އަނުޝްކާގެ ފޮޓޯތަކެއް އެބަހުއްޓެވެ. އާންމު ދިރިއުޅުމުގައި އަނުޝްކާ ޕޫމާގެ ސްޕޯޓްސްވެއާ ލައިގެން ހުންނަތަން ފެނެއެވެ. އަދި އޭނާ އިންސްތަގްރާމްގައި ހިއްސާވެސް ކުރެއެވެ.

 

View this post on Instagram

 

A post shared by PUMA India (@pumaindia)

އަނުޝްކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާގެ ކުރިއަށް އޮތް ފިލްމަކީ 'ޗަކްދާ އެކްސްޕްރެސް' އެވެ. ވާ 34 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 1 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ގަލާ" ގެ ހާއްސަ ފެނިލުމަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.