ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް އައުމަށްޓަކައި މާލޭ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ގޯތި ހޯދައި ދޭނެކަމަށް ވެފައިވާ ވައުދު ތަންފީޒު ނުކުރާނަމަ ވޯޓް ނުލިބޭނެކަމަށް ގޯތި ހޯދުމަށް މާލޭގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ ހަރަކާތުން ބުނެފިއެވެ.
އެހަރަކާތުން މިއަދު ރައީސް ޞާލިހުއާއި ބައްދަލު ކުރެއްވުމަށްފަހު ބުނެފައިވަނީ ރައީސް ޞާލިހުއާއިއެކު ބޭއްވުނީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. މިބައްލުވުމުން ރައީސް ޞާލިހުގެ ފަރާތްޕުޅުން މިކަމުގައިި ޔަގީންކަމެއް ލިބިފައިވާކަމަށާއި، އަދި ހުށަހެޅި ކަންކަމަށް ވަރަށް ކައިރިން ބައްލަވާނެކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާކަމަށެވެ. އަދި ރައީސަށް ގޯތި ހޯދުމަށް ހިންގާ ހަރަކާތުގެ ފަރާތުން ވޯޓް ލިބޭނީ ވެފައިވާ ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމުން ކަމަށް ވިދާޅުވެފައިވާކަމަށެވެ.
Male' City Goathi Hoadhun Harakaathuge faraathun Raees @ibusolih ge badhdhalu vumuga emanikufaanah kodhdheven oiy hurihaa kameiy hodhdhevvaane kamah vidhaalhuvi.
Liyumun hushaelhi kankan dhiraasaa kuravvaane kamah vidhaalhuvi.
Harakaathun #NoGoathiNoVote yaqeen kan eruvi. pic.twitter.com/QAW4A0QSbQ— Ibrahim Rasheed (@kanduvai) November 23, 2020
މާލެ ސަރަހައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަކީ މިހާރަށްވުރެ ބޮޑަށް މާލޭގެ ރަށްވެހިންނަށް ފުރުސަތު ލިބޭ މަޝްރޫޢުތަކަކަށް ހަދަންޖެހޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމް ވިދާޅުވީ، އިތުރު އެހެން ރަށަކުން އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭނެ ފަންސާސް ހާހަށްވުރެ ގިނަ އާއިލާ މާލޭގައި ދިރުއުޅެމުންދާކަމަށެވެ. މި އާއިލާތަކަކީ ހަމައެކަނި މާލެއަށް ޚާއްސަކުރާ ބޯހިޔާވަހިކަމުން ގެދޮރު ލިބޭނެ މީހުންކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރަށްޔިތުންނަށް ޚާއްސަކުރާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނޭ 7000 ހައުސިންގ ޔުނިޓްގެތެރެއިން މާލޭގެ ރަށްވެހިންނަށް ޚާއްސަކޮށްފައިވަނީ 1000ހައުސިންގ ޔުނިޓެވެ. ނަމަވެސް އެކި ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް ފައިނަލް ކުރިއިރު ހުސްވި ޔުނިޓްތައްވެސް ވަނީ، މާލޭގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއަށް އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ