އެއީ ނާއިބު ރައީސް ވަޑައިގެން މަރުހަބާ ކިޔަންޖެހޭފަދަ ކަމެއް ނޫން: މުޢިއްޒު

އެއީ ނާއިބު ރައީސް ވަޑައިގެން މަރުހަބާ ކިޔަންޖެހޭފަދަ ކަމެއް ނޫން: މުޢިއްޒު

ގުޅުންހުރި

ރާއްޖޭގެ ފަތުރުވެރިކަމުން މިއަހަރު ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވި ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަޑައިގަތުމުން ބައެއް ފަރާތްތަކުން ފާޑުކިޔައިފިއެވެ.

އިއްޔެ ރާއްޖެއައި 1.6ވަނަފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ އިއްޔެ އެއަރޕޯޓަށް ވަޑައިގެންފައެވެ. އެކަމަށް ފާޑުވިދާޅުވެ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޖް އަޙްމަދު މުޢިއްޒު ވިދާޅުވީ، އެއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަޑައިގެން މަރުހަބާ ކިޔަންޖެހޭވަރުގެ ކަމެއް ނޫންކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަޑައިގެން މަރުޙަބާ ކިޔަންޖެހޭފަދަ ކަމެއް ނޫން!

– މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބައެއް ކުދިކުދި ހަފްލާތަކަށް ވަޑައިގަންނަވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެއެވެ.

ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވުމުން މިއަދު ޒިޔާރަތްކުރި 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މި ޙަފްލާ ކުރިއަށް ދިޔައީ މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެން 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހަދިޔާ ދެއްވާފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ކަނޑައެޅި ތާރީހަށް ވުރެ ދެ މަސް ދުވަސް ކުރިން ވަނީ މި އަމާޒު ހާސިލްކޮށްފައެވެ. މިއަހަރު އައި 1.6 މިލިއަން ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 23.1 ޕަސެންޓް އިތުރު އަދަދެކެވެ.

އަދި މި އަމާޒަށް ވާޞިލްވުމަށް ސަރުކާރުން ދަނީ ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިން އޮތް ބަޖެޓް އިތުރުކޮށް ރިސޯޓްތަކުގެ އިތުރުން ރަށްރަށާއި ގެސްޓްހައުސްތަކާއި ޔޮޓްފަހަރު އިސްތިހާރު ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް އެމްއެމްޕީއާރުސީން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 88 މާކެޓިން ކެމްޕެއިން، 41 ފެއާ، 06 ރޯޑްޝޯ، 10 ވާޗުއަލް އިވެންޓް، 17 ފެމިލިއަލައިޒޭޝަން ޓްރިޕް އަދި އެހެނިހެން 09 އިވެންޓް ހިމެނޭ ގޮތަށް 171 އަށް ވުރެ ގިނަ މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

މި އަމާޒަށް ވާޞިލްވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ނާއިބު ރައީސް ވަޑައިގެން މަރުޙަބާ ކިޔަންޖެހޭ ކަންކަން އެނގޭނީ މުޢިއްޒު އަކަށް ނޫން ދެއްތޮ…. ޕީ.ޖީ.އޮފީސް ނުހިންގުނު މީހަކު ކޮންވާހަކައެއް ތިދައްކަނީ….

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ