ރިއާނާގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް

ރިއާނާގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް

ގުޅުންހުރި

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ދަރިފުޅުގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

އެކުއްޖާގެ މޫނު ފެންނަ ވީޑިއޯ ކޮޅެއް މިހާރު ވަނީ ވައިރަލްވެފައިއެވެ. ސޯޝަލް މީޑީއާގައި މި ވީޑިއޯ އަށް އަންނަނީ އެތަށް ވިއުއެއް ލިބެމުނެނެވެ.

ރިއާނާ ވިހެއީ މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު، އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. މިއީ ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ ރެޕާ، އެޕީ ރޮކީގެ އަލަތު ދަރިފުޅެވެ. ނަމަވެސް އެމީހުންގެ ދަރިފުޅުގެ ނަމެއް އަދިވެސް އިއުލާނެއް ނުކުރެއެވެ.

ރިއާނާ ބަލިވެ އިންކަން އިއުލާނު ކުރީ މި އަހަރުގެ ޖަނަވަރީ މަހުގައެވެ. އޭގެފަހުން މިއަހަރުގެ ފެބުރުވަރީ މަހު އެދެމީހުން ވަނީ ނިޔުޔޯކްގެ މަގެއްގެ މަތިން ފެނިފައެވެ. އެފަހަރު ރިހާނާގެ މާބަނޑު ފެންނަގޮތަށް ފޮޓޯތަކެއް ވާނީ އަންމުވެފައެވެ. އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.

ރިހާނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަންހެނުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އަދި އޭނާ އަކީ އަމިއްލަ ފެޝަން ބްރޭންޑަކާއި ބިއުޓީ ލައިނެއް ހިނގާ ވިޔަފާރިވެރިއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ