މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
ހެލްތު މިނިސްޓަރުގެ މަޤާމަށް މައުސޫމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ ވޯޓުންނެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ހެލްތު މިނިސްޓަރުގެ މަޤާމަށް ނަސީމަށް އައްޔަން ކުރައްވާފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އެމަޤާމު ފުރުއްވަމުންދިޔަ އަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނަސީމު މަޤާމަށް އައްޔަން ކުރައްވާފައިވަނީ މި މަޤާމަށް އައްޔަން ކުރެއްވުމަށް ޖޭޕީން ނަން ފޮނުވާފައި ވަނިކޮށެވެ. ނަމަވެސް ރައީސް ޞާލިހުވަނީ އެނަންފުޅުތައް ޤަބޫލު ނުކުރައްވައި ނަސީމް މަޤާމަށް އައްޔަން ކޮށްފައެވެ.
ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.
އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ