މިއަހަރުގައި އެންމެ ގިނައިން ގޫގުލް ކުރި މީހުންގެ ލިސްޓްގައި ކެޓްރީނާ

މިއަހަރުގައި އެންމެ ގިނައިން ގޫގުލް ކުރި މީހުންގެ ލިސްޓްގައި ކެޓްރީނާ

Author
ފާތިމަތު ނާވީ
22 ޑިސެމްބަރ 2022 12:42
0

2022ވަނަ އަހަރު މިހާރު ނިމުކަށް ގާތްވެފައި ވާއިރުގައި އަހަރުގެ ބައެއް ހައިލައިޓްސް ކަންކަން އަންނަނީ އާންމުވަމުންނެވެ. އެގޮތުން މިފަހުން ވަނީ އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލް އެއް އޮންލައިން ޕްލެޓްފޯމް ކަމުގައިވާ ޓިކްޓިކްގެ އެންމެ މަގުބޫލު މީހުން އަދި އެންމެ ގިނައިން މީހުން ބެލި ވީޑިއޯ ފަދައެއްޗިސް ވެސް އާންމު ކޮށްފައިއެވެ.

އެފަދަ ކިންތަންމެ އޮންލައިން ޕްލެޓްފޯމް ތަކެއްގެ ހައިލައިޓް އާންމު ކުރަމުން އަންނަ އިރުގައި މިފަހުން މިވަނީ ގޫގުލް އިންވެސް އެންމެ ގިނަ މީހުން ގޫގުލް ކުރި މީހުންގެ ލިސްޓެއް އާންމުކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މި ލިސްޓްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިލިސްޓްއިން ކެޓްރީނާ ކައިފް ޖާގަ ހޯދިކަމެވެ. ބޮލީވުޑްގެ މަގުބޫލު ބަތަލާ ކެޓްރީނާ ކައިފް ގެ ނަން މި ލިސްޓް ގައި ހިމެނުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަންވެސް ލިބިފައިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ކެޓްރީނާގެ ނަން މި ލިސްޓަށް އެރުމުން އޭނާ ވަނީ ދީޕިކާ އަދި އާލިއާ ފަދަ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ތަރިން ނަށްވުރެ ކުރީގައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ކެޓްރިނާގެ އިތުރުން ޓޮޕް 5ގެ ލިސްޓުގައި ސާހުރުކް ހާން އާއި ސަލްމާން ހާންވެސް ވަނީ ހިމެނިފައިއެވެ. އަދި މިލިސްޓްގެ އެންމެ ހައިރާންކަށް ގިންބަޔަކަށް ލިބުނީ ޔާޝްގެ ނަމާއި އެކުގައިއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ބޮލީވުޑްގެ އިތުރުން އިންޑިއާގެ އެހެން ބަަސްބަހުން ގެނެސްދޭ ފިލްމްއެއްގެ ތަރިއަކަށް މިލިސްޓްގައި ޔަޝްގެ ނަން ހިމެނިފައިވުމުން އޭނާގެ މަގުބޫލުކަން ވަޒަން ކޮށްލެވެ. އޭނާ އަކީ މަޝްހޫރު ފިލްމް "ކޭޖީއެފް" އިން ބެލުންތެރިންގެ މެދުގައި މަގުބޫލު ކަން ހޯދި އެކްޓަރެކެވެ.

 

View this post on Instagram

 

A post shared by Yash (@thenameisyash)

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.