ބައްދަލުކުރަން ދިއުމުން ޕީއެސްއެމްގެ އެމްޑީ ވަނީ ވަލު ދޮރުން ނުކުމެ ފިލާފައި: ޕީޕީއެމް

ބައްދަލުކުރަން ދިއުމުން ޕީއެސްއެމްގެ އެމްޑީ ވަނީ ވަލު ދޮރުން ނުކުމެ ފިލާފައި: ޕީޕީއެމް

Author
ޢަލީ އާދަމް
18 ޑިސެމްބަރ 2022 04:32
0

މިއަދު އިދިކޮޅު ފަރާތްތަކުން ބައްދަލުކުރަން ދިއުމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޚާލިދު ވަނީ ވަލު ދޮރުން ނުކުމެ ފިލާފައިކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ސިޔާސީ ވެފައިވާކަމަށްބުނެ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަޝިޕުން ޕީއެސްއެމްދޮށަށް އެއްވެފައެވެ. އިދިކޮޅު ލީޑަރޝިޕުން ދިޔައީ ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރުމަށެވެ. އެހެންނަމަވެސް ޕީއެސްއެމްގެ ވެރިން އެބޭފުޅުންނާ ބައްދަލުކުރައްވާފައެއް ނުވެއެވެ.

ޕީޕީއެމްއިން ބުނީ ދައުލަތުގެ މީޑިއާ ސިޔާސީކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޕްރޮމޯޝަން ޖައްސައި އިދިކޮޅަށް އެއްވެސް ފުރުސަތެއް ނުދޭކަމަށެވެ. އެއީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނާ ޚިލާފަށް ޕީއެސްއެމްގެ މެނޭޖުމަންޓުން ކުރަމުންދާ ޢަމަލެއްކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ. އެހެންކަމުން ޕީއެސްއެމް ހިންގާގޮތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޕީއެސްއެމްގެ މުވައްޒަފުންނަށް ބިރުދައްކައި މުވައްޒަފުން ނިކަމެތި ކުރަމުންދާތީއާއި، ރިޔާސީ އިންތިޚާބު ބޯމަތިވާއިރު އެމްޑީޕީ ބޭނުންވާގޮތަށް ޕީއެސްއެމް ހިންގަމުންދާތީ، މިކަންކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ޕީއެސްއެމްގެ ސީއީއޯއާއި ބައްދަލުކުރެއްވުމަށް މިއަދު ދިޔަކަމަށެވެ.

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކަށް ވަގުތުނުދެއްވައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޚާލިދު ވަލު ދޮރާށިން ފިއްލަވައިގެން ބޭރަށް ވަޑައިގެންފައިވާކަމަށް ޕީޕީއެމްއިން ބުނެއެވެ. އެހެންނަމަވެސް ޕީއެސްއެމް ޒިންމާދާރު ކުރުމަށްޓަކައި އިދިކޮޅު ކޯލިޝަނުން އަދިވެސް ޕީއެސްއެމްއަށް ދާނެކަމަށް ޕީޕީއެމްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ބަލަގަތިޔަބާރުއޮތްދުވަހު އެމްޑީޕީއަށްރާއްޖެތީވީނޫންއެހެންއެއްވެސްއެއްޗެއްނެތެވެ ބަލަތިޔަވާހަކަދައްކާއިރު އެދުވަސްހަނދާނެއްނެއްތަ