ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު އާމިރު ހާން ގެ ކުޑައިރުގެ ހަދާން ތަކަކީ ވަރަށް ވެސް ހހިތްދަތި ދުވަސް ތަކެކެވެ. އެގޮތުން އޭނާ ކުޑައިރުގައި އުޅެން ޖެހުނީ ވަރަށް ދަތި ހާލުގައި އެވެ.
އާމިރު ވަނީ އޭނާގެ ކުޑަ އިރުގެ ހަދާންތަށް އާކޮށް މިފަހުން ފާހަކަ ދައްކައިފައިއެވެ. އެގޮތުން އޭނާގެ އުމުރުން 10 އަހަރުގައި އުޅުނީ ވަރަށް ހާލުގައި ކަމަށާއި އޭރުގެ ހަދާންތަކަކީ ލުލުން ކަރުނަ ފާއްދާލާ ހަދާންތަކެއް ކަމަށް އޭނާ ވަނީބުނެފިއެވެ.
ބައްޕަ ތާހިރު ހުސެއިން އަކީ ފިލްމް ޕްރޮޑިއުސަރެއް ނަމަވެސް ވިޔަފާރީގައި ފައިދާ ނުވެ އާއިލާ ވަރަށް ބޮޑަށް ދަރަނިވެރިިވެ އެކަމުގެ ސަބަބުން އުޅެން ޖެހުނީ ވަރަށް ދަތިހާލުގައި ކަމަށާއި މީޙުންގެ އަތުން ބޯޑެތި އަދަދު ތަކުން ލޯނު ނަގައިގެން، އެ ލޯނު ނުދެއްކި މީހުންނާ ޒުވާބުކޮށް ކަންކަން ވަރަށް ބޮޑަށް ގޯސްވާ ހިސާބަށް ވެސް ކަންކަން ދިޔަ ކަމަށް އޭނާ ބުނެއެވެ.
އޭނާ ބުނީ ކޮންމެ ގޮތެއް ވިކަމުގައި ވިޔަސް ލޯނު ނަގައިފައި އެ ނުދައްކާ ނުހުންނަ ކަމަށެވެ. ކިތަންމެ ގިނަ ދުވަހެއް ވި ކަމުގަިއވިޔަސް ލޯނު ދައްކާ ހަލާސް ކުރާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އަދި ބައެއް ފަހަރު ލޯބު ދެއްކުމަށް 8 އަހަރެއްހައި ދުވަސް ހޭދަވާ ކަމަށްވެސް އާމިރު ވަނީ ބުނެފައެއިއެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު އާމިރު އަކީ އަމިއްލަ މަސައްކަތުން ވަރަށް އުހައްދަތުރު ކުރި އަދި މިއަދު ބޮލީވުޑްގެ އެންމެ ނަން ހިގާ އެއް އެކްޓަރެވެ.