އެފްކޮންއަކީ މިޤައުމަށް ޖެހިފައިވާ މުސީބާތެއް: ޓޮމް

އެފްކޮންއަކީ މިޤައުމަށް ޖެހިފައިވާ މުސީބާތެއް: ޓޮމް

Author
ޢަލީ އާދަމް
18 ޑިސެމްބަރ 2022 10:14
0

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަން ޙަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސްއަކީ މިޤައުމަށް ޖެހިފައި އޮތް މުސީބާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. މީގެކުރިންވެސް ޓޮމްވަނީ އެފްކޮންސް އަތުން މިމަސައްކަތް އަތުލައި މިކަން ކުރެވޭނެ ޤާބިލް ބަޔަކާ މަސައްކަތް ޙަވާލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ޓޮމް މިހެން ވިދާޅުވީ ގުޅިފަޅުގައި ހުންނަ އެފްކޮންސް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ބުރާސްފަތި ދުވަހުގެރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެމީހުންގެ މީހަކު ގެއްލިގެން އޮފްކޮންސްގެ މުވައްޒަފުން ގުޅިފަޅުގައި މުޒާހަރާކުރުމާ ބެހޭގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ޓްވީޓުކުރެއްވުމަށްފަހުއެވެ.

ބުރާސްފަތި ދުވަހުގެރޭ އަލިފާނުގެ ޙާދިސާއަށްފަހު އެފްކޮންސްގެ މުވައްޒަފެއް ގެއްލިގެން ރިޕޯޓް ކުރުމުން ވެސް ކުންފުނީގެ މެނޭޖްމެންޓުން އަޅާނުލާކަމަށްބުނެ އެފްކޮންސްގެ މުވައްޒަފުން ވަނީ މުޒާހަރާކޮށް އަޑުއުފުލާފައެވެ.

މި އަލިފާނުގެ ހިގާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 12:31 ގައެވެ. އެމްއެންޑީއެފްއިނ ބުނެފައިވަނީ މިމައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އަދި ފަޔަރ އެންޑް ރެސްކިއުއިން ކުރި މަސައްކަތުން، އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ އެރޭގެ 1:52 ހާއިރު ކަމަށެވެ. މިހާދިސާގައި އެފްކޮންސްއިން ބޭނުން ކުރަމުންއައި އެކޮމޮޑޭޝަން ބްލޮކް ވަނީ އަދާ އަޅިއަށް ވެފައެވެ.

މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 13 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، 60 މީހަކަށް ފަރުވާ ދީފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 32 މީހަކަށެވެ. މީގެ ތެރެއިން 4 މީހަކު އޮޕަރޭޝަން ކޮށްފައިވެއެވެ.

އެފްކޮންސްގެ ބަޔާނުގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ހުރިހާ މުވައްޒަފުންނަށްވެސް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މުވަޒަފަކަށް މުސާރަ ނުދީ ނުހުންނާނެކަން ހާމަކުރަމުން އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ ކުންފުނިން އެންމެ އިސްކަންދެނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައެވެ.

އެފްކޮންސްއިން ވިލިމާލެ ބުރިޖް އަޅަމުން ދާއިރު މި މަސައްކަތުގައި މިހާތަނަށް ގިނަ ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިގައިގެން ގޮސްފައެވެ. އޭގެ ތެރޭގައި ބްރިޖް އަޅަން ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި، ބުރިޖްގެ ތަނބުތައް ޖަހަން ބޭނުންކުރި ކެރޭނެއް ބިންދައިގެން ދިއުންވެސް ހިމެނެއެވެ.

ބްރިޖް ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާއި ގުޅިގެން އީޕީއޭއިން މިހާރުވަނީ އެފްކޮސްން ބޮޑު އަދަދަކުން ޖޫރިމަނާވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

r rahyithumeehaa
ނޫސްވެރިން މިއަށްވުރެބޮޑަށް ޒިއްމާދާރު ބަޔަކަށްވާންޖެހޭ. އީ ޕީ އޭ އިން އެފްކޮންސް ޖުރިމާނާކުރީ ބޮޑުއަދަދަކުނެއްނޫން. އީ ޕީ އޭ އިން ކުރިސާވޭއެއް ޖުރިމާނާއެއް އެފްކޮންސްއިން ގަބޫލުނުކޮށް ބޮލާލާޖެހުމަށްފަހު މިހާރު އެތިބީ އަމިއްލައަށް ސާވޭކޮށް އަމިއްލައަށް ޖުރިމާނާ ކަނޑައަޅައިގެން އެފައިސާކޮޅުވެސް ނުދޭން ނިންމައިގެން މިނިސްޓަރ ޝައުނާއާ ހިސާބަށް ޝަކުވާހުށަހަޅައި މިނިސްޓަރު ދެއްވާ ޖަވާބެއްގެ އިންތިޒާރުގަ. ޜާވައިގެން އިންޑިއާއިން ހިންގާ މިޕްރޮޕަގެންޑާ ނިމޭނީ (ގުޅިފަޅުގަ އަނދާއަޅިއަށްވި އެފްކޮންސްގެ އެކޮމަޑެޝަން އަދި ގެއްލިގެން ހޯދާ މީހާއާ އަޅުވާ)ރައީސުލްޖުމްހޫރިއްޔާގެހަމްދަރުދީގެ މަޢާފަކުން.