މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޮޓޯ:މަޖިލިސް 

ބޭރުފައިސާ 5 އަހަރުތެރޭ އެންމެ ދަށްވީ މިދިޔަ މަހު، ބިރުގަންނަންޖެހޭ ސަބަބެއް ނެތް: މަވޯޓާ

ބޭރުފައިސާ 5 އަހަރުތެރޭ އެންމެ ދަށްވީ މިދިޔަ މަހު، ބިރުގަންނަންޖެހޭ ސަބަބެއް ނެތް: މަވޯޓާ

ގުޅުންހުރި

ވޭތުވެދިޔަ 5 އަހަރަށް ވުރެ ގިނަ ދުވަސް ތެރޭގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެންމެ ދަށްވެފައި ވަނީ މިދިޔަ މަހުގެ ތެރޭގައިކަމަށާ، އެހެންނަމަވެސް މިކަމުގައި ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ވިދާޅުވި މިއީ އިމްޕޯޓު ކުރާ އަސާސީ މުދަލުގެ އަގު ބޮޑުވުމުގެ ނަތީޖާކަމަށެވެ. އެހެންނަމަވެސް ބިރުގަންނަންޖެހޭ ސަބަބެއް ނެތްކަމަށާ، 2009އާއި 2011 ވަނަ އަހަރުގެ ދުނިޔޭގެ މާލީ ކާރިސާގައިވެސް ބައެއް ފަހަރު އަޅުގަނޑުމެންގެ ރިޒާވް ހުރީ މިހާރުހުރި މިންވަރަށްވުރެ ދަށްވެފައިކަމަށެވެ. ރިޒާވް ދަށްވުމުގެ އަނެއް ސަބަބަކީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ޓޫރިސްޓުން އައި މިންވަރު ދަށްވުމާއި ކޯވިޑް-19އަށްފަހު ކަސްޓަމަރުންގެ ޑިމާންޑް އިތުރުވުންކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ.

އެހެންކަމުން، ފަތުރުވެރިކަން އަލުން ރަނގަޅުވެ ޤައުމުގެ އާމްދަނީ އިތުރުވުމުންދާ ދަނޑިވަޅަކީ އެންމެ އުނދަގޫ ދަނޑިވަޅަށް ވާނެކަމަށާ، އެހެންނަމަވެސް އޭގެފަހުން ރިޒާވް އިތުރުވެގެންދާނެކަމަށް މަވޯޓާ ވިދާޅުވިއެވެ. ކޯވިޑު-19ގެ އެންމެ ނުރައްކާތެރި ދުވަސްވަރު، ރާއްޖޭގެ އިޤްތިޞާދަށްއައި އެންމެބޮޑު ހީނަރުކަމުގެ ތެރޭގައި، އިޤްތިޞާދީ ދުވެލި ރަނގަޅުވެ، ކުރިއެރުމަށް މަގު ފަހިކޮށްދިނީ، ރާއްޖޭގެ މާލީ ޙާލަތު ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު މެނޭޖްކުރުމުންކަމަށާ، އެހެންކަމުން އިޤްތިޞާދީ ހަމަޖެހުން ޤާއިމުކޮށް، ވިސްނުންތެރިކަމާ އެކީގައި ރިޒާވް މެނޭޖްކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ.

މަވޯޓާ މިހެން ވިދާޅުވިއިރު، ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވިފަހުން މިހާރު އަނެއްކާވެސް ފަތުރުވެރިން އަންނަ މިންވަރު ކުރިން ހުރި މިންވަރަށް އިތުރުވެފައިވާކަމަށް ކަމާބެހޭވ ފަރާތްތަތަކުން ބުނެއެއެވެ. އަދި ރާއްޖެއަށް މިއަހަރު ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒުކުރި މިންވަރު މިހަފްތާގެ ތެރޭގައި ހަމަވާނެކަމަށާ، މިދިޔަ ދެއަހަރުގެ ތެރޭގައި ކޮންމެ މަހަކުވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ ރެކޯޑުތައް ހަދަމުންދާކަން ފާހަގަކުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ