މ. ވޭވަށުގައި ތަރައްޤީކުރާ ޒަމާނީ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 54 ޕަސެންޓުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 75 ޕަސެންޓްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.
Work on Design and Build of M. Veyvah Harbour is well underway, with overall 54% project progress. Concrete works required for the quay wall construction is currently ongoing, with 75% completion. The project was awarded on 27th August 2019. pic.twitter.com/G1OjbKGoSu
— MTCC Plc (@MTCCPlc) November 23, 2020
ވޭވަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް އެރަށުގެ ފަޅުން 56،925 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން 350 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 130 މީޓަރު ރިވެޓްމަންޓް ޖަހާ، 380 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާއި އިންވެގެން ޕޭވްމަންޓް މަގު ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މ. ވޭވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 48.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ