ބޮޑެތި ގޮންޖެހުންތަކާއެކުވެސް އިޤްތިޞާދު އަންނަނީ ރަނގަޅުވަމުން: މަވޯޓާ

ބޮޑެތި ގޮންޖެހުންތަކާއެކުވެސް އިޤްތިޞާދު އަންނަނީ ރަނގަޅުވަމުން: މަވޯޓާ

ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޢާންމުގޮތެއްގައިވެސް މިސަރުކާރަށް ތައުރީފުކުރައްވާ މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް މިހާ ދަތު ދުވަސްވަރެއްގައިވެސް މިވަނީ ޙާޞިލުކުރެވިފައިކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު 7 ޕަސެންޓަށް ވުރެ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާކަމަށާ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސިޔާސަތުތައް ތަންފީޒުކުރުމަށްކަމަށްވެސް މަވޯޓާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުންކަމަށާ، އެކަމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިން ރަނގަޅުވުންކަމަށް ސަރުކާރާއި ބޭރުގެ ބައެއް ފަރާތްތަކުންވެސް އަންނަނީ ވިދާޅުވަމުންނެވެ. އެގޮތުން ކުރިއަށްއޮތް 6 ދުވަހުގެތެރޭ މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު ހާސިލްކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުދަދުވަހު ލަފާކޮށްފައެވެ.

ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.5 މިލިއަން ފަތުރުވެރިން އައިސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އިންތިހާޔައްް ގައުމުބަނޑައްޖެހޭއިރުވެސްް މަވޯޓަމެންގެެ ފެމެލީންް އަންނަނީީ ދައުލަތުންް ގިނައަދަދަކައްް ފައިސާނަގަމުންް މަވޯޓާޝަރީފުމެންގެެ މާލީހާލަތުު ފަތުއަޑުކިޔާފަަ މައްޗައްް ގައުމުގެެ މާލީހާލަތުު ފަތުއަޑުކިޔާފަަ ބަގުރޫޓްވަނީި މީމަކަރުވެރިި ހީލަތްތެރިންގެެ ޒަމާނެއްގޮތައްފެންނަނީ

Leave a Reply

Your email address will not be published. Required fields are marked *