ރައްޔިތުން ރައީސް ސާލިހަށް ހޯހޯ ބުނެފި، އެދެނީ ޔާމީންގެ ވެރިކަމަކަށް: އަދުރޭ

ރައްޔިތުން ރައީސް ސާލިހަށް ހޯހޯ ބުނެފި، އެދެނީ ޔާމީންގެ ވެރިކަމަކަށް: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2022 02:33
0

މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި، ދެއްކި ވާހަތަކުގެ އެއްވެސް ހަގީގަތެއް ނެތުުމުން ރައްޔިތުން ރައީސް ޞާލިހަށް ހޯހޯ ބުނެފި ކަމަށާއި، ރައްޔިތުން އެދެނީ 2023ގައި ރައީސް ޔާމީންގެ ވެރިކަމެއް އޮތުމަށް ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ 2019 ވަނަ އަހަރަށްފަހު ކުއްލިއަކަށް އިއްޔެ މަރުކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ތުހުމަތުތަކެއްކޮށް ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުން ވަނީ ރިލުވާން ގެއްލުވާލައި މަރާލި މީހުންނާއި ރައީސް ޔާމީނާއި ގުޅުންއޮތްކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަރު ކޮމިޝަން މެދުވެރިކޮށް ރައީސް ޞާލިހު ކުޅުނު ފިލްމު ބަލަން ބޭނުންވާނެ ރައްޔިތަކު މިޤައުމުގައި ނެތްކަމަށެވެ. މިސަރުކާރުން ކަންކަން ކުރިގޮތުން ރައްޔިތުން އިތުބާރު ގެއްލި ރައީސް ޞާލިހަށް ރައްޔިތުން ހޯހޯ ބުނެފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައްޔިތުން އެދެނީ ރައީސް ޔާމީންގެ ވެރިކަމެއް ރާއްޖޭގައި އޮތުކަމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ދެ މީހުން ލައްވާ ރައީސް ޞާލިހު މަނިކުފާނު ތިޔަ ކުޅުނު ފިލްމް ބަލާނެ ބަޔަކު މިހާރު މި ގައުމަކުނެތް. ރައްޔިތުން ބުނަނީ ތިޔައީ ދޮގު ވެރިއެކޭ، ޚިޔާނާތްތެރިއެކޭ، ޣައްދާރެކޭ ހޯ ހޯ އޭ. 2023 ގައި ގައުމަށް ބޭނުމީ ރައީސް ޔާމީނޭ. އެ މަނިކުފާނަށް އިތުބާރު އެބައޮތޭ. އެ މަނިކުފާނާ ކުޅެން ނޫޅޭށޭ.

– އަދުރޭ ވިދާޅުވިއެވެ.

މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިލުވާން މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ރައީސް ޔާމީނާއި ބައްދަލު ކުރުމަށްފަހު ސީރިޔާއަށް ގޮސްފައިވާކަމަށެވެ. މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 2019 ވަނަ އަަހަރު މިމަރާއި ގުޅޭގޮރުން އޭރުގެ ކޮމިޝަންގެ ރައީސް ސުއޫދު ދެއްކެވި ވާހަތަކުގެ އިތުރުން ދެން ދެއްކެވި ހުރިހާ ވާހަކައެއްވެސް އަމާޒުވެފައިވަނީ ކުރީގެ ސަރުކާރާއި، ރައީސް ޔާމީނަށެވެ.

މި ޕްރެސް ކޮންފަރެންސާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، ރިލުވާންގެ މަރާއި ގުޅިގެން މީގެ ކުރިން ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވެފައިވަނީ، މިމަރާއި ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ. ނަމަވެސް އިއްޔެގެ ޕްރެސްގައި ކޮމިޝަނުން ވަނީ ރައީސް ޔާމީނަށް ތުހުމަތުކުރެވޭ ގިނަ ކަންތައްތަކެއް ހުރިކަން ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
އަދުރޭ ހިސާބު ޖަހަން ފަށައިފި! ހީނހީނހީނ ކުރިންވެސް! ހިސާބު އަކުރުވެސް ހިއެއްނުވޭ އެނގޭހެން!
ރ ރަބަރޭ
ކިހިނެތް އިގެނީ ޔާމީނު ވެރިކަމަށް އަންނާނެ ކަމެއް