ރޮޒޭނާ ޕީޕީއެމްއަށް: ރިލްވާނަށް އިންސާފު ހޯދައިދެވޭނީ ޔާމީނަށޭ ބުނަން ލަދެއް ނުގަނޭތޯ؟

ރޮޒޭނާ ޕީޕީއެމްއަށް: ރިލްވާނަށް އިންސާފު ހޯދައިދެވޭނީ ޔާމީނަށޭ ބުނަން ލަދެއް ނުގަނޭތޯ؟

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2022 02:04
0

ގެއްލުވާލުމަށްފަހު މަރާލާފައިވާ ނޫސްވެރިޔާ ރިލުވާނަށް އިންސާފު ހޯދައިދެވޭނީ ޕީޕީއެމްގެ ރައީސް ޔާމީނަށް ކަމަށްބުނެ އެޕާޓީން ދެއްކި ވާހަތަކަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައްދު ދެއްވައިފިއެވެ.

އޮގަސްޓް 8، 2014 ގައި ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގު ކުރުމަށް ފަހު މަރު ކޮމިޝަނުން އިއްޔެ ވަނީ އެކަމާ ގުޅޭ ރިޕޯޓެއް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އަރުވައިފައެވެ. އެ ރިޕޯޓާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެންބަރުން ވިދާޅުވީ ރިލްވާންގެ ގެއްލުވާލުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް ރިލްވާން ގެއްލުވައިލި ގޮތް އޭރުގެ ރައީސް ޔާމީނަށް ކިޔައިދިން ކަމަށެވެ.

މިވާހަތަކަށް ޕީޕީއެމްއިން ވަނީ ރައްދުދީފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކޮމިޝަނުން ދެއްކި ވާހަކަ އާއި އެކުލަވައިލި ރިޕޯޓް އެ ޕާޓީން ބަލައި ނުގަންނަ ކަމަށާއި އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާ ކޮށްގެން ކުރައްވާފައިވާ މަސައްކަތެއް ނޫން ކަމަށެވެ. މި މައްސަލަ އާއި ރައީސް ޔާމީނާ ގުޅެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް މަރު ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑީޔާރު ހުސްނުސޫދު އޭރު ވަރަށް ސާފުކޮށް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީގެ ވާހަތަކަށް ރައްދު ދެއްވައި ރޮޒޭނާ ވަނީ ރިލުވާން މަރާލލިއިރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އޭރުގެ ވެރިކަމުގެ ދުވަސް ވަރުގައި ރިލުވާންގެ އާއިލާއަށް އެކި ގޮތްގޮތުން ފުރައްސާކޮށް ހެދީ ކޮން ބޭފުޅުންނެއްކަން ނޯޅޭކަމަށާއި، މިއަދު ރިލުވާނާއި، އެއާއިލާއަށް އިންސާފު ހޯދައިދެވޭނީ ޕީޕީއެމްއަށް ކަމަށްބުނެ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ރިލުވާން މަރާލިއިރު ވެރިކަމުގައި ހުރީ ކާކުބާ؟ ޔާމީން ވެރިކަމުގައި ހުރެގެން ރިލްވާންގެ މަންމައަށް ކުރި ފުރައްސާރަ އަޅުގަނޑުމެން ހަނދާނެއް ނުނެތޭ. ރިލްވާނަށް އިންސާފު ހޯދައިދޭނީ ރައީސް ޔާމީނަށޭ ބުނާކަށް ލަދެއް ނުގަނޭތޯ؟ އިތުރަށް ރިލުވާންގެއާއިލާއަށް މަލާމާތް ކުރައްވަން ނުހައްދަވާ.

– ރޮޒޭނާ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ޕްރެސްގައި މަރު ކޮމިޝަނުން ބުނެފައިވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ބޯ ބުރިކޮށް މަރާލުމުގައި ބައިވެރިވި މުނާޒް ރާއްޖެ އިން ބޭރަށް ފުރީ ކުރީގެ ރައީސް ޔާމީންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. ކޮމިޝަނުން ބުނި ގޮތުގައި މުނާޒް ވަނީ ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވި މީހުން އެ ބައްދަލުވުމުގައި ޔާމީނަށް ކިޔައިދީފަ އެވެ. އޭގެ ފަހުން އޭނާ ފުރީ ޔާމީންގެ އެހީތެރިކަމާ އެކުގައި ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ވަނީ ރިލްވާނަށް ވީގޮތް ނުހޯދެނީސް، ޔާމީންގެ ކެމްޕޭން ޖަލްސާއެއްގައި އޭނާ މަރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަން ވެސް ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ރައީސް ޔާމީނަށް ނޫސްވެރިއަކު ރިޟުވާނު ގެއްލުނު ވާހަކަ ދެންނެވީމައި ވިދާޅިވީކީކޭތޯ ރޮޒޭނާ އަބުދުއްރަހީމަށް ސުވާލު ކުރައްވައި ބައްލަވށެވެ
މ މިއަދު
ކޮންމެ އިންތިހާބެއ ކައިރިވާވަރަކަށް މިފަދަ ވާހކަތައް މިގިނަކުރަނީ ދައްކާނެ އެހެންވާހަކައެއް ނެތިމާތަ ސުއޫދު ތިކޮމިސަންގެ ރައީސަކަށް ހުރެ ދެއްކިވާހަކަ ރޮޒޭނާއަށް އަޑުނުއިވެނީތަ މާދަމާ އެސޮރުބުނެފާނެ މީހަކު ލާރިކޮޅެއްދިނީމަ ރިލުވާނު މަރާލުމަށް ފަންޑުކުރީ ޑޮނާޑް ގާމެންޓުފެކުޓްރީންނޭ އެއެޘި ވިއްކަން ރޮޒޭނަ ނުކުންނާނުތޯ ޔާމިންގެ ބައިވއރިވުމެއްނެތްކަމަށް ސުއޫދުބުނީ ސުއޫދަށް ލާރިގަނޑެއްދިނީމަތަ ނޫނީ ސ އެކަމުގައި ބައިވެރިވީމަތަ ރޮޒޭނަގެ ޖަވާބެއް ބޭނުން