ގާޒީ ސްކޫލުގައި ފުރައްސާރަކުރުމާއި އަދި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށް އެ ސްކޫލުގެ ބައެއް ބެލެނެވެރިން މިއަދު އިހުތިޖާޖު ކުރުމާއި ގުޅިގެން، ބެލެވެރިންގެ އިހުތިޖާތުތަކަކީ ކަމުގެ ހަގީގަތް ނުބަލާ ކޮށްފައިވާ އިހުތުޖާޖެއްކަން ފާހަގަކޮށް، އެ ސްކޫލުގައި ހިނގާފައިވާހަކަށް ބުނާ ކޮރަޕްޝަންގެ އަލަމުތައް ތަހުގީގު ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފިއެވެ.
ބެލެނެވެރިން އިހުތިޖާޖް ކުރުމާއި ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ސްކޫލުގައި އުސޫލާއި ޚިލާފަށް ހިންގާފައިވާކަމަށް ބުނެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރަމުން ދަނިކޮށް، އަދި މިގޮތުން އަޅަމުންދާ ފިޔަވަޅުތައް ސްކޫލު ހިންގުމާ ހަވާލުވެ ހުރި ފަރާތާއި ހިއްސާ ކޮށްފައިވަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާކަމަށް ބުނެ، ސްކޫލުގެ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރު މައްސަލައެއް މިހާރު މިނިސްޓްރީން ބަލަން ފަށާފައިވާ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
މިނިސްޓްރީ އިތުރަށް ބުނެފައިވާ ގޮތުގައި، އާޒީ ސްކޫލުގެ އެކި ކަންކަމާއި ގުޅޭގޮތުން އެމިނިސްޓްރީއަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި މުދަލާއި ފައިސާ ބެލެހެއްޓުމާ ގުޅުންހުރި މައްސަލަތައް ފާހަގަކުރެވި އެކަން އިތުރަށް ބެލުމަށް ވަނީ އޮޑިޓެއް ހަދާފައެވެ. މި އޮޑިޓުން، ސްކޫލުގެ މުދަލާއި ފައިސާ ޚަރަދު ކުރުމުގައި މާލިއްޔަރު ގަވާއިދާ ޚިލާފަށް ބައެއް ކަންކަން ހިނގާފައިވާކަމަށް ފާހަގަ ކުރެވި އެމައްސަލަތައް ބެލުމަށް ވަނީ އިދާރީ ތަހުގީގެއްވެސް ހިންގާފައެވެ. އަދި މި ތަހުގީގުގެ އަލީގައި، އިހުމާލުވި މުވައްޒަފުންނަށް މިހާރު ފިޔަވަޅު އަޅަން ފަށާފައިވާކަމަށާއި، މީހެ ތެރޭގައި ސްކޫލުގެ 2 މުވައްޒަފަކާއި ގުޅޭ ޑޮކިއުމަންޓް ފޯޖު ކުރިމައްސަލައެއްގެ އިތުރުން ސްކޫލުގެ ޓީވީއެއް މުވައްޒިފަކު ގެއަށް ގެންދިޔަ މައްސަލައެއްވެސް ހިމެނޭކަން ފާހަގަކޮށް، އެމައްސަލަތައްވެސް ބަލަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ހާފަހަ ކޮށްފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ޝަކުވާ ހުށަހެޅިފައިވާ ސްކޫލުގެ އެޑްމިނިސްޓްރޭޓަރު މިހާރު މިނިސްޓްރީގެ ވަޒީފާއަކަށް ބަދަލު ކޮށްފައިވާކަމަށާއި، އެއީ އެމުވައްޒަފަށް ދީފައިވާ ޕްރިމޯޝަނެއްގެ ގޮތުގައި ނޫކަމުގައެވެ. އަދި މި ބަދަލަކީ ސިވިލްސާވިސްގެ ގަވާއިދުގެ ދަށުން ގެނެސްފައިވާ ބަދަލެއްކަން ފާހަކޮށްފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އެދިފައިވަނީ، ކަމުގެ ހަގީގަތް އޮޅޭގޮތަށް، ސްކޫލާއި މިނިސްޓްރީ ބަދުނާމްކޮށް އެއްވެސް ބަޔަކު ޚަބަރު ނުފެތުރުމަށެވެ. އަދި މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށްފަހު، ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް ޝާމިލްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށާއި، މިމައްސަލަ ތަހުގީގު ކުރުމަށް މައްސަލަ ޕޮލިހަށްވެސް ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.