ޑައިރެކްޓަރު އަނޫރާގް ބާސޫ "އާޝިގީ 3″ ހަދަން އިއުލާންކުރި ފަހުން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަނީ އެ ފިލްމަށް ނަގާނެ ބަތަލާ އަކީ ކޮބައިތޯ ބެލުމަށެވެ.
އެގޮތުން ފިލްމް އިއުލާން ކުރީ ޒުވާން އެކްޓަރު ކާތިކް އާރިޔާން އާއި އެކުގައިއެވެ. އެހެންވެ ގިނަބަޔަކު ތިބީ މި ފިލްމް ގެ ބަތަލާ އަކީ ކޮބައިތޯ ބެލުމަށް ކެތް މަދުވެފައިއެވެ. މި ފިލްމް އަށް ބައެއް ތަރިން ސޮއި ކުރި ކަމުގެ އަޑުތަކެއްވެސް ގަދަވިއެވެ.
އަދި ހަމަ އެހެންމެ މި ފިލްމް އަކީ ކާތިކް އާއި އެކުގައި ދީޕިކާ ފެނިގެންދާނެ ފިލްމްއެއް ކަމެއް ރިޕޯޓް ކުރި ފަހުން ބުނެފައިވަނީ މި ފިލްމް އިން ކާތިކް އާއި އެކުގައި ފެނިގެން ދާނީ ސައުތުގެ ޒުވާން ބަތަލާ ރަޝްމިކާ މަންދަނާ ކަމަށެވެ. އައި ހަމަ އެއާއި އެކުގައި މި ފިލްމުން ޓިވީ ބަތަލާ ޖެނިފާ ވިންގެޓް ފެނިގެން ދާނެ ކަމުގެ އަޑުތަކެއްވެސް ގަދަވިއެވެ.
ނަމަވެސް މިހުރިހާ އަޑުތަކެއް ޕްރޮޑިއުސަރު މުކޭޝް ބަޓް މިވަނީ ކަނޑުވައިލައިފައިއެވެ. އެގޮތުން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ "އާޝިގީ 3″ އިން އާ ބަތަލާއަކު ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ. މުކޭޝް ބުނި ގޮތުގައި "އާޝިގީ 3″ އަދި އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. އަދި ފިލްމުގެ މަސައްކަތްތައް ފަށާނީ އަންނަ އަހަރުއެވެ.
މި ފިލްމު ހަދަން ނިންމާފައި ވަނީ "އާޝިގީ" ގެ ކުރީގެ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.
މީގެ ކުރިން ނެރެފައިވާ އާޝިގީގެ ދެ ފިލްމަކީ ވެސް ބޮޑު ހިޓެކެވެ. "އާޝިގީ" ގެ ނަމުގައި މަހޭޝް ބަޓް ޑައިރެކްޓްކޮށް 1990 ގައި ރިލީޒްކުރި ފުރަތަމަ ބައިން ފެނުނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް އެވެ. އެ ފިލްމް އަކީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލް ބޮލީވުޑަށް ތައާރަފުވި ފިލްމްވެސް މއެއެވެ. މި ފިލްމް އަކީ މިއަދު ވެސް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފިލްމް އެކެވެ. ހާއްސަކޮށް ފިލްމް ގެ ލަވަތަށް ގިނަ ބަޔަކު މިއަދުވެސް އަޑުއަހައެވެ.
2013 ގައި އަނުރާގް ޑައިރެކްޓްކޮށް ނެރުނު ފިލްމުގެ ދެވަނަ ބައި "އާޝިގީ2″ ފެނުނީ އަދިތުޔާ ރޯއީ ކަޕޫރާއި ޝްރައްދާ ކަޕޫރެވެ. މި ފިލްމް އަށް ވެސް ބޮޑު ކާމިޔާބެއް ލިބުންއިރުގައި ފިލްމް ގެ ލަވަތަކަކީ ގިނަ ބަޔަކަށް ކަމުދިއަ ލަވަތަކެކެވެ.
އަސަރުގަދަ ލޯބީގެ ވާހަކައެއް ގެނެސްދޭ އާޝިގީގެ ތިންވަނަ ފިލްމްގެ ޑައިރެކްޓަރަކީ ކާމިޔާބު އެތަށް ފިލްމް ތަކެއް ގެެނސްދީފައިވާ އަނޫރާގް އެންމެ ފަހުން ގެނެސްދިން ފިލްމް އަކީ 2020 އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ.