ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ، ނިޝާމާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. ނިޝަމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ޢަލީ އަށެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމީހާ އދ. ފެންފުށީ އަބޫބަކުރު ފައިސަލްއެވެ. ފުލުހުން ރޭ ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އޭނާގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއް ކަން ވެސް ހާމަކޮށްފައިނުވެއެވެ.
ދެބަސްވެ އަރައިރުންވުމުގެ ތާރީހެއް އެ ދެމީހުންގެ މެދުގައި އޮތުމާއި ތުއްތު ތިން ކުދީން މައިމުޅަވީ ހަބަރު ރަށު ތެރޭގައި ފެތުރިގެން ދިޔައިރު ވެސް ފައިސަލްގެ ހަބަރެއް ނުވުންވީ ތުހުމަތުގެ އިނގިލި އޭނާއަށް އަމާޒުވީ ސަބަބުތަކަށް. މި މައްސަލައިގައި ފައިސަލް ހައްޔަރުކޮށްފައިވަނީ ހދ. ކުޅުއްދުފުށީގައި ހުއްޓަ އެވެ. އާއިލާ ބައެއް މީހުން ބުނާ ގޮތުގައި އޭނާ ރަށުން ފުރައިގެން ދިޔައީ ކުއްލި ގޮތަކަށެވެ.
ނިޝާމާ އާއި ފައިސަލްގެ ކުޑަކުޑަ ތިން ކުދިން ތިބެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.