ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ %98 ނިމިއްޖެކަމަށް މިމަސައްކަތްކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.
މިމަސައްކަތުގައި މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތްކަމަށްވެސް އެކުންފުނިން ބުނެއެވެ.
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިއްޖެ. މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް.#MTCCProjects #RayyithungeKunfuni pic.twitter.com/qPRpkDDPmX
— MTCC Plc (@MTCCPlc) December 12, 2022
ސަރުކާރުން ހަނިމާދޫގައި ތަރައްޤީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހަނިމާދޫގައި ތަރައްޤީކުރާ ބަނދަރާއިއެކު އެރަށަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ރަށު ކައުންސިލުން ދެކެއެވެ.
ހަނިމާދޫގައި މީގެކުރިން އޮތް 500 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރު އެމްޓީސީސީން ވަނީ 1100 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރަކަށް ތަރައްޤީކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 64.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހަނިމާދޫ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 2020ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.