އަންނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް

އަންނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2022 09:02
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

އެގޮތުން ބަންދުކުރައްވާފައިވަނީ 25 ޖޫން 2023 ވާ އާދިއްތަ ދުވަހާއި، 26 ޖޫން 2023 ހޯމަ ދުވަހާއި، 28 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހެވެ. 28 ސެޕްޓެމްބަރު ދިމާވަނީ ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.