އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް ކުރުމަށް އިތުރު ބަޔަކާއެކު ސޮއިކޮށްފި

އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް ކުރުމަށް އިތުރު ބަޔަކާއެކު ސޮއިކޮށްފި

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2022 05:13
0

ޑޮމެސްޓިކް ދެ އެއަރޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް ކުރުމަށް ދެބަޔަކާއެކު ޕްލޭނިން މިނިސްޓްރީން ސޮއިކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ފައިނޭންސިންގ އެގްރިމެންޓެއްގައި އިއްޔެ ވަނީ ސޮއިކޮށްފައިވާކަމަށެވެ. މީގެ އިތުރުން ޕްލޭނިން މިނިސްޓްރީ އާއި އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ފައިނޭންސިންގ އެގްރިމެންޓެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިއީ 6 ސަރަހައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީ ފައިނޭންސް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލެވުނު ދައުވަތާ ގުޅިގެން ވެވުނު އެއްބަސްވުމެެއްކަމަށް އެމިނިސްޓްރީން ބުންޏެވެ.

އެއަރޕޯޓް ތަރައްްީކުރުމަށް ބޭނުންވާ ފައިނޭންސް ކުރުމަށް މީގެ ކުރިންވެސް ބަޔަކާއެކު ސޮއިކޮށްފައިވެއެވެ. އެީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ.

ސަރުކާރުން ޚަރަދު ކުރުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކުން ތަރައްޤީކުރާގޮތަށް ނުވަތަ ފައިނޭންސްކުރާގޮތަށް ކްރޮސް ސަބްސިޑީ އުޞޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ރާއްޖޭގެ 6 ސަރަޙައްދުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ. އެއީ ހދ. މަކުނުދޫ، ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި ތަރައްޤީކުރާ އެއަރޕޯޓެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.