ވިލާ ރިސޯޓުގެ ނަން ލަގްޒަރީ ބްރޭންޑަކަށް ބަދަލުކުރަނީ

ވިލާ ރިސޯޓުގެ ނަން ލަގްޒަރީ ބްރޭންޑަކަށް ބަދަލުކުރަނީ

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2022 01:51
0

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ހިންގާ ހުރިހާ ރިސޯޓެއްގެ ނަން ބަދަލުކުރުމަށް ނިންމައިފިއެވެ. އެކުންފުނިން ވަނީ ލަގްޒަރީ ރިސޯޓް ބްރޭންޑަކަށް ނަން ބަދަލުކުރުމަށް ނިންމާފައެވެ.

ވިލާގެ އައު ނަމާއި މަތީ ފަންތީގެ ޓޫރިޒަމް އުފެއްދުން ދައްކާލާފައިވަނީ ފްރާންސްގެ ކޭންސްގައި ކުރިއަށްދާ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޓޫރިޒަމް ފެއާ، އައިއެލްޓީއެމްގައެވެ. ވިލާގެ ރިސޯޓްތައް މިހާރު ހިންގަނީ ވިލާ ހޮޓެެލްސް އެންޑް ރިސޯޓްގެ ދަށުންނެވެ.

އައިއެލްޓީއެމްގެ ފެއާގައި އެކުންފުނިން ވަނީ އަންނަ އަހަރު ތައާރަފްކުރާ އައު ބްރޭންޑިންއާއެކު އެކުންފުނީގެ ހުރިހާ ރިސޯޓްތަކެއްގެ ނަންތައް ވެސް ބަދަލުކުރާނެކަން އިއުލާންކޮށްފައެވެ. 

އެކުންފުނިން އިއުލާންކޮށްފައިވާ ނަންތައް:

1- ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ނަން ވިލާ ނޯޓިކާއަށް

2- ސަން އައިލެންޑްގެ ނަން ވިލާ ޕާކްއަށް

3-  ފަން އައިލެންޑް އަލުން ތަރައްގީކުރުމަށް ފަހު ވިލާ ހޭވަން

ވިލާ ހެވަން ހުޅުވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފަހު ކުއާޓަރުގައެވެ.

ވިލާއިން ބުނީ މިބަދަލަކީ ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގެ ޚިދުމަތް ދިނުމަށް ގެންނަ ބަދަލެއްކަމަށެވެ. ވިލާ ކުންފުނިން ފަތުރުވެރިކަމުގެ ސިނާއަތަށް ވަދެފައިވަނީ 1980ގެ ފަހުކޮޅުން ފެށިގެންނެވެ. އެކުންފުނިން އެންމެ ފުރަތަމަ ހުޅުވީ ފަން އައިލެންޑު ރިސޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގާސިމް
ވިލާ ހޭވަން އަކީ ހޮލިޑޭ އައިލޭންޑް..ފަން އައިލެންޑް އަކީ ވިލާ ލޯންގް އަައިލެންޑް.
އ އަލީ ރަށީދު ދެކުނު ތިލަ
ތިހުރިހާ ރިސޯޓުގެ ނަމަކައް އެއްމެ ރަގަޅުވާނީ ނަން ބަދަލުކުރާއިރު ސައުވީސް ޗާޖު ނުދީ މުއައްޒިފުން ފޭރޭ މީހާގެ ރިސޯޓު މިނަން ކިޔާބަލަ