"ފްރެޑީ" ގެ ސީކުއަލް އެއް ހަދަނީ

"ފްރެޑީ" ގެ ސީކުއަލް އެއް ހަދަނީ

Author
ފާތިމަތު ނާވީ
11 ޑިސެމްބަރ 2022 09:24
0

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މިމަހުގެ 2 ވަނަ ދުވަހުގައި ރިލީޒް ކުރި ޒުވާން އެކްޓަރު ކާތިކް އާރިޔާންގެ ފިލްމް "ފްރެޑީ" ގެ ސީކުއަލް އެއް ހަދަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފިލްމަށް ލިބެމުންއަންނަ ތަރުހީބުގެ ސަބަބުން ފިލްމް މޭކަރުން އަންނަނީ މީގެ ސީކުއަލްއެއް ހެދުމަށް ވިސްނަމުން ކަމަށެވެ. އަދި ބެލެވޭ ގޮތުގައި މީގެ ސީކުއަލްއެއް ކާތިކް އާއި އެކުގައި ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މި ފިލްމް އަކީ ލީޑުން ކާތިކް އާރިޔާން އާއި އެކުގައި އަލަޔާ އެފް ފެނިގެންދިއަ ފިލްމްއެކެވެ. ފިލްމްގައި ކާތިކް ފެނިގެންދިއައީ ދަތުގެ ޑޮކްޓަރެއްގެ ގޮތުގައިއެވެ. ކާތިކްވަނީ މި ފިލްމް އަށް ވަރަށް ބޮޑައް ތައްޔާރުވެފައިއެވެ.

މީހުން މަރާމީހެއް ގޮތުގައި ކާތިކް ފެނިގެންދިއަ މި ފިލްމް އަށް އޭނާ 14 ކިލޯ ބަރުދަން އިތުރު ކުރިއެވެ. ހަމަ އެހެންމެ މި ފިލްމް ކުޅުނު ދުވަސްވަރު ކުޅެން ޖެހުނު ކެރެކްޓާގެ ގޮތުން ވަރަށް ބޮޑަށް ނަފްސާނީވި ކަމަށް ކާތިކް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު ޒުވާން އެކްޓަރެވެ. މި އަހަރުގެ ރިލީޒް ކުރި އޭނާގެ ފިލްމު "ބޫލް ބުލައްޔާ2″ އަކީ ބޮކްސް އޮފީގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.

"ފްރެޑީ"ގެ ޑައިރެކްޓަރު ޝަޝާންކާ އެންމެ ފަހުން ޑައިރެކްޓް ކުރި "ވީރްދެ ވެޑިން" އަކީ ވަރަށްބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމަކީވެސް އެކަތާ ޕްރޮޑިއުސް ކުރި ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.