ޝާހު ބޭނުން ވާކަހަލަ ފިލްމެއް ކުޅެލަން ލިބުނީ އަދި ކިރިއާ

ޝާހު ބޭނުން ވާކަހަލަ ފިލްމެއް ކުޅެލަން ލިބުނީ އަދި ކިރިއާ

Author
ފާތިމަތު ނާވީ
09 ޑިސެމްބަރ 2022 06:40
0

އުމުރުން 20 އަހަރުން ފެށިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވީ އަދި ކިރިޔާކަމަށް ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ބުނެފިއެވެ. އޭނާ ބުނީ  އުމުރުން 57 އަހަރު ވި ފަހުން ބެނުންވާކަހަލަ ރޯލެއް ފިލްމްއެއްގައި ކުޅެލަން ލިބިއްޖެ ކަމަށެވެ.

ޝާހު ބޮލީވުޑްއަށް ތައާރަފްވީ 1992 ވަނަ އަހަރުގެ ފިލްމް "ދީވާނާ" އިންނެވެ. އެތަށް ފިލްމް އެއް ކުޅެފައިވާ އެކްޓަރު ބުނީ މުޅިންވެސް ލިބެނީ ލޯބީގެ ރޯލްތަކާއި ނެގެޓިވް ރޯލްތަށް ކަމަށެވެ. އެކްޝަން ރޯލެއް ކުޅުމުގެ ފުރުސަތު ލިބުނީ އަދި ކިރިއާ ކަމަށް އޭނާ ބުނެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

އެއީ ޝާހުރުކް އާއި އެކުގައި ދީޕިކާ ޕަދުކޯން ފެނިގެންދާ ފިލްމް "ޕަޓާން"އެވެ. މި ފިލްމް ގެ ޝޫޓިން މިހާރު ނިންމައިފައިވާ އިރުގައި ޝާހު ބުނީ އަބަދުވެސް ބޭޏުން ވީ އެކްޝަން ރޯލެއް ކުޅެލަން ކަމަށެވެ. އަދި އޭނާއަކަށް އެކްޝަން ފިލްމެއް ހުށަނާޅާ ކަމަށާއި ފިލްމް ޕަތަން އަށް ފަހު ޝާހްރުކް ދެން ބޭނުންވަނީ މިޝަން އިމްޕޮސިބަލް ކަހަލަ އެކްޝަން ފިލްމް އެއް ކުޅެން ކަމަށް ބުނެއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ކާމިޔާބު އެކްޓަރުގެ 3 ފިލްމެއް އަންނަ އަހަރުގައި ރިލީޒް ކުރާނެއެވެ. އެއީ ޑައިރެކްތަރު ރާޖް ކުމާރު ހިރާނީ އާއި އެކުގައި ޝަހު މަސައްކަތް ކުރާ އަލަތު ފިލްމް "ޑަންކީ" އާއި ސައުތުގެ ޑައިރެކްޓަރު އެޓްލީ އާއި އެކުގައި އޭނާ މަސައްކަތް ކުރާ އަލަތު ފިލްމް "ޖަވާން" ގެ އިތުރުން "ޕަޓާންއެވެ.

"ޕަޓާން" އަކީ ޔާޝްރާޖް ފިލްމްގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމް ސިނަމާތަކުގައި އަޅުވާނީ ޖެނުއަރީ 25 ގަ އެވެ. ފިލްމްގެ ޑައިރެކްޓަރަކީ ސިދާތް އާނަންދުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.