ހައި ކޯޓުގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން ފުރަތަމަ ފަހަރަށް ޝަރީއަތެއް

ހައި ކޯޓުގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން ފުރަތަމަ ފަހަރަށް ޝަރީއަތެއް

ގުޅުންހުރި

ހައި ކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން މިއަދު ޝަރީއަތެއް ބާއްވައިފިއެވެ.

ހައިކޯޓުން މިހާތަނަށް ޝަރީޢަތްތައް ހިންގަމުންއައީ ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެންނެވެ. ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ގާނޫނުގައި ބަޔާންކުރަނީ ކޯޓުން މައްސަލަތައް ބަލަން ޖެހޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުންކަމަށެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެންމެ ފަނޑިޔާރު އިންނަވައިގެން ހައި ކޯޓުގައި ބެލެނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު މައްސަލަތަކެވެ. މިއަދު ފުރަތަމަ ފަހަރަށް އެގޮތަށް މައްސަލައެއް ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

އެ ޝަފރީޢަތަކީ ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން އިސްތިއުނާފްކޮށްފައިވާ މައްސަލައެކެވެ.

ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ވެސް، ހައި ކޯޓުން މައްސަލަތައް ބަލަން ޖެހޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެކަމަކު މިގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު އިސްލާހު ކުރީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ