ޢިމާރަތްކުރުމުގެ ދާއިރާގެ ފެއަރ "ބިގް 5″ ގައި އެސްޓީއޯ

ޢިމާރަތްކުރުމުގެ ދާއިރާގެ ފެއަރ "ބިގް 5″ ގައި އެސްޓީއޯ

Author
ޢަލީ އާދަމް
05 ޑިސެމްބަރ 2022 06:34
0

އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ބޮޑު އެއް ފެއަރ ކަމަށްވާ "ބިގް 5″ ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބައިވެރިވެއްޖެއެވެ.

އެސްޓީއޯއިން ބުނީ މި ފެއަރގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުމެވެ. އެސްޓީއޯ މޯލްޑިވްސްެގެ ނަމުގައި މި ފެއަރގައި ގާއިމްކޮށްފައިވާ  ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި  އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލެވޭނެއެވެ.

ޑިސެމްބަރު މަހުގެ 5އިން 8އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައި ކުރިޔަށްދާ މި ފެއަރގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ. އަދި 150އަށްވުރެ ގިނަ ގައުމުން ފެއަރގައި ބައިވެރިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.