އަހަރެމެންނަށް މެޗުން މޮޅެއް ހައްގު: ޒިދާން

އަހަރެމެންނަށް މެޗުން މޮޅެއް ހައްގު: ޒިދާން

ސްޕެނިޝް ލަލީގާ ގައި ވިޔަރެއާލްއާ ވާދަކޮށް އެއްވަރުވި މެޗުން މޮޅެއް ރެއާލް މެޑްރިޑަށް ހައްގުކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޒިދާން ބުނީ އޭނާގެ ކުޅުންތެރިން މެޗުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށާއި ހާއްސަކޮށް ފުރަތަމަ ހާފުގައި ކުރި މަސައްކަތް ފާހަގަ ކުރާކަމަށެވެ. މީ ފުޓުބޯޅާގައި ވެދާނެ ގޮތްތަކެއް ކަމަށާއި މެޗުގައި ކޮންޓްރޯލްކޮށް ކުޅެމުންދަނިކޮށް ވިޔަރެއާލުން މޮޅަށް ކުޅެ އެއްވަރުކުރީކަމަށް ޒިދާންބުންޏެވެ. އޭނާ ބުނީ އަނެއްކާވެސް ގެއްލިގެން މި ދިޔައީ މުހިންމު ދެޕޮއިންޓް ކަމަށެވެ.

ޒިދާން ބުނީ ނަތީޖާތައް ގޯސް ވާނަމަ އަބަދުވެސް ފާޑުކިޔުން އަމާޒުވާނެކަމަށާއި ފާޑުކިޔުމާ އޭނާ ކުރިމަތިލަނީ ރަނގަޅު ވިސްނުމުގައިކަމަށެވެ. ފާޑުކިޔުން އެންމެފަހު ދުވަހާ ހަމަޔަށް ދެމިގެންދާނެކަމަށާއި އެކަމާ އެހާބޮޑަށް ނުވިސްނާ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިއުމަށް ކަމަށް ޒިދާން ބުނިއެވެ.

" ކުޅުންތެރިން ވަރަށް މަސައްކަތް ކުރި، ހާއްސަކޮށް މެޗުގެ ފުރަތަމަހާފްގައި، އަހަރެމެން ގޭމް ކޮންޓްރޯލްކޮށްގެން ކުޅެނިކޮށް އެމީހުން ވަރަށް ރަނގަޅަށްކުޅެ އެއްވަރު ކުރީ."

– ކޯޗު ޒައިނުއްދީން ޒިދާން

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އިސްކޯ ވިއްކާލުމާ ގުޅޭގޮތުން ސުވާލުކުރުމުން ޒިދާން ބުނީ އިސްކޯ އަކީ މެޑްރިޑު ކުޅުންތެރިޔެއް ކަމަށާއި އިސްކޯއާ ކުލަބުން މަޝްވަރާ ކުރަމުންދާނެ ކަމަށެވެ. ރޭގަ މެޗު އެއްވަރު ވުމުން ރެއާލް މެޑްރިޑް އޮތީ 9 މެޗުން 17 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރު ވަނާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *