ޑްރަގު ވިޔަފާރީގެ ނެޓްވޯކެއް އަތުލައިގެންފި

ޑްރަގު ވިޔަފާރީގެ ނެޓްވޯކެއް އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2022 03:55
0

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހަ މީހަކު ހައްޔަރުކުރި އިރު އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ. ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައެވެ. އެގޮތުން 30 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި އުމުރުން 36 އަހަރުގެ މީހަކާއި 39 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްގެ ބަންދަށް 30 ދުވަސް ޖެހިއިރު އުމުރުން 28 އަހަރުގެ މީހާ އާއި 37 މީހާގެ ބަންދަށް ވަނީ 25 ދުވަސް ޖަހާފައެވެ.

ޑްރަގް ނެޓްވޯކްއާއި ގުޅުންހުރި ތަންތަނުން މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.