ވަގަށް 180,000 ރުފިޔާ ޓްރާންސްފަރ ކުރި އަންހެނަކު ހޯދަނީ

ވަގަށް 180,000 ރުފިޔާ ޓްރާންސްފަރ ކުރި އަންހެނަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2022 03:51
0

ވެރިރަފާތަށް ނޭނގި ބޭންކް އެކައުންޓުގައި ހުރި 180,000 އަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރި މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ އަންހެން މީހާ އަކީ ވެރިފަރާތަށް ނޭނގި 180,000 އަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

ފުލުހުން ވަނީ އެ އިއުލާނާއެކު އަންހެން މީހާގެ ފޮޓޯގަނޑެއް ވެސް އާންމުކޮށްފައެވެ. ފުލުހުން ވަނީ އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުމަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޙްމަދު
ކީއްކުރާނީ. .