ޝޫޓިންގ ނިންމާލުމަށްފަހު ޝާހްރުކް ޚާން އެބުރި ގައުމަށް!

ޝޫޓިންގ ނިންމާލުމަށްފަހު ޝާހްރުކް ޚާން އެބުރި ގައުމަށް!

Author
ފާތިމަތު ނާވީ
06 ޑިސެމްބަރ 2022 07:40
0

ސައުދި އަރަބިއާގައި ކުރިއަށް ގެންދިއަ ޝޫޓިންގ ޝެޑިއުލް ނިންމާލުމަށްފަހު ބޮލީވުޑްގެ ސުޕަސްޓާރު ޝަހުރުކް ޚާން އެންބުރި އިންޑިއާއަށް ގޮސްފިއެވެ.

ޝާހު ސައުދީއަށް ސިއައީ މިދިއަ މަހުގެ ކުރީކޮޅުގައެވެ.

ސައުދީގައި ޝާހު ޝޫޓް ކުރީ އޭނާގެ ކުރިއަށް އޮތް ފިލްމް "ޑަންކީ" އެވެ. މި ފިލްމް އަކީ ކާމިޔާބު އެތައް ފިލްމް ތަކެއް ގެެނެސްދީފައިވާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އާއި އެކުގައި ޝާހު މަސައްކަތްކުރާ ފުރަތަމަ ފިލްމްއެވެ. ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރްގެ 2018 ގެ "ސަންޖޫ" އެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

"ޑަންކީ" އަކީ ހިޖުރުކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީގެ މަންޒަރުތަކެއް ކުރިން އިންޑިއާ އާއި އިނގިރޭސިވިލާތާއި ހަންގޭރީގައި ވެސް ނަގާފައިވެއެވެ. ސައުދީގެ ޝޫޓިންގ ޝެޑިއުލް 12 ދުވަހުގެ މުއްދަތައް ކުރިއަށް ދިއައެވެ. ސައުދީގެ ޝޫޓިން ޝެޑިއުލް ނިންމާލުމަށްފަހު ޝާހު އެނބުރި ގައުމަށް އައީ އުމްރާގެ އަޅުކަންވެސް އަދާކޮށްގެނެވެ.

ތާޕްސީ ޕަންނޫ އާއި ޝާހު ފެނިގެންދާ މި ފިލްމުން ވިކީ ކޯޝާލް އާއި ބޮމަން އިރާނީ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. 'ޑަންކީ' ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހު ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް އަންނީ އަލުން އެނބުރި ފިލްމީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ ތިން ފިލްމެއް ކުރިއަށް އެބައޮތެވެ.

ޝާހު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފްލޮޕް ފިލްމް "ޒީރޯ" އިން 2018 ވަނަ އަހަރުއެވެ. ބޮޑު ބްރޭކަކަށް ފަހު އޭނާ ފެނިގެންދާ ފުރަތަމަ ފިލްމް "ޕަޓާން" ވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ދެން އޭނާ ފެނިގެންދާނެ ފިލްމަކީ "ޖަވާން" އެވެ. މި ފިލްމަކީ ސައުތުގެ ގިނަ ތަރިން ތަކެއްވެސް ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައި ވަނީ އަންނަ އަަހަރު ޖޫން މަހުގެ 2 ވަނަ ދުވަހަށެވެ. ނަމަވެސް މި ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.