ކުރިއަށް އޮތް ހަފްތާގެތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށާ، މިހާރު ރާއްޖެއަށް ކުރަމުން މިދަނޫ ދެ މޫސުން ބެދޭ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އިއްޔެއާއި މިއަދުވެސް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް، މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ހެނދުނުންފެށިގެން ވެސް ބައެއް ސަރަހައްދުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މިހާރު އޮތީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅާހަމަށް މިއަދު ހެނދުނު 11:00އިން ފެށިގެން ހަވީރު 17:00އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެއީ މިސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/aFTvYkVNwZ
— Maldives Meteorology (@MetMaldives) December 4, 2022
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުން، އިރުވައި މޫސަމަށް ބަދަލު ވާތީ ކުރާ ދެމޫސުން ބެދޭ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން އަންނަ ބުދަ ދުވަހާ ހަމައަށް މިވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެއެވެ. އަދި މިސަރަހައްދަށް ގަޑިއަކު 13 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ