ރޭ ބެލްޖިއަމް ވޯލްޑްކަޕުން ކެޓުމާއެކު ބެލްޖިއަމްގެ ގައުމީ ޓީމާއި ހަވާލުވެ ހުރި ތަޖުރިބާކާރު ކޯޗު ރޮބާޓޯ މާޓިނޭޒް އިސްތިއުފާދީފިއެވެ.
ރޭގެ މެޗުތަަކަށް ފަހު، ގްރޫޕް އެފްގެ އެއް ވަނަ މޮރޮކޯ އަށް ލިބުނީ ހަތް ޕޮއިންޓާ އެކުއެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ މި ގްރޫޕްގެ ދެ ވަނަ ހޯދީ ފަސް ޕޮއިންޓާ އެކުއެވެ. މި ގްރޫޕްގެ ތިން ވަނައިގައި ނިންމި، ބެލްޖިއަމް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕްގެ ފުލުގައި ނިންމި ކެނަޑާ އަށް ޕޮއިންޓެއް ވެސް ނުލިބިއެވެ.
ބެލްޖިއަމް މުބާރާތުން ކަޓާފައި މިވަނީ ގުރޫޕް އެފް ގެ ފަހު މެޗުގައި މިރޭ ކްރޮއޭޝިއާ އާއި ބައްދަލުކޮށް 0-0 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުންނެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތް މޮރޮކޯއަށް 7 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ކްރޮއޭޝިއާ އަށް ވަނީ 5 ޕޮއިންޓް ލިބިފައެވެ. އަދި ބެލްޖިއަމް އޮތީ 4 ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.
ބެލްޖިއަމްގެ 'ރަން ޖީލު' ގެ ނަމުން މަޝްހޫރުވެފައިވާ ގިނަ ކުޅުންތެރިންތަކެއް ބެލްޖިއަމްގެ މިފަހަރުގެ ސްކޮޑުގައި ހިމެނެއެވެ. މި ޓީމަކީ ބެލްޖިއަމް ބައިނަލްއަގުވާމީ ތަށްޓަކަށް ކުރަމުންދިޔަ އިންތިޒާރު ނިމުމަކަށް ގެނެސްދޭނެ ޓީމެއްކަމަށް މުޅި ދުނިޔެވެސް ގަބޫލުކުރިއެވެ. މެންޗެސްޓަރ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރު އެވިން ޑެ ބްރެއިން އާއި ރިއާލް މެޑްރިޑްގެ އެޑެން ހަޒާޑްއާއި އިންޓަމިލާންގެ ލުކާކޫ ފަދަ ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް ބެލްޖިއަމްގެ ޓީމުގައި ހިމެނެއެވެ.
މާޓީނޭޒް، 49، ބެލްޖިއަމްގެ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާ ބެލްޖިއަމްގެ ކޮންޓްރެކްޓްގައި ހުރީ މި މުބާރާތުގެ ނިޔަަލަށް ނަމަވެސް އޭނާގެ އެއްބަސްވުން އާ ކުރަން ދިޔައީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު، މިރޭ ނަތީޖާ ނުކުތް ގޮތުން ބެލްޖިއަމް މުބާރާތުން ކަޓައި، މާޓީނޭޒްގެ ވަޒީފާ ގެއްލުނީއެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ތިން ވަނަ ހޯދި ބެލްޖިއަމް ވަނީ، މާކް ވިލްމޮޓްސްގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. އޭގެ ފަހުން، މާޓީނޭޒް ހަވާލުވެ، 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން މިދިޔަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ގޮވައިގެން ވާދަކުރިއެވެ.
އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގެ މުބާރާތުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ވެސް ނުދެވުނީ ޓީމު ތެރޭގައި އޮތް ކޯޅުންގަނޑުގެ ތެރޭގައި ބެލްޖިއަމްގެ ކޯޗު މާޓީނޭޒަށް ވެސް މަސައްކަތްތަކެއް ނުކުރެވިގެންނެވެ.