ސައުދީގެ ޝެޑިއުލް ޝާހު ނިންމައިލައިފި

ސައުދީގެ ޝެޑިއުލް ޝާހު ނިންމައިލައިފި

Author
ފާތިމަތު ނާވީ
06 ޑިސެމްބަރ 2022 06:09
0

މިދިއަ މަހު ފިލްމް "ޑުންކީ"ގެ ޝޫޓިން އަށް ސައުދީއަށް ދިއަ ޝާހުރުކް ޚާން އޭނާގެ ސައުދީ ޝޫޓިން ޝެޑިއުލް ނިންމައިލައިފިއެވެ.

ޝޫޓިން ނިންމުމަށްފަހު އޭނާ ވަނީ އުމްރާގެ އަޅުކަންވެސް އަދާކޮށްފައެވެ.

މިކަން ފިލްމުގެ ބަތަލު ޝާހްރުކް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެއެވެ. އޭނާ ބުނީ ޝެޑިއުލް ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި ސައުދީގެ ކަލްޗަ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

ފަސް އަހަރުގެ މެދުކެޑުމަކަށް ފަހު ޝާހުރުކް ޚާން އަންނަނީ އެންބުރި އައިސް ފިލްމީ މަސައްކަތް ކުރަމުންނެވެ. ޝާހު އެންމެ ފަހުން ފެނިގެން ގޮސްފައިވަނި 2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް ޒީރޯއިންނެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ދުވަސްކޮޅަކު ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށްފަހު ޝާހުވަނީ ގިނަ ފިލްމުތަކެއް އިއުލާން ކޮށްފައިއެވެ. އެގޮތުން ސިނަމާތަކަށް އަންނަ އަހަރު ޝާހުގެ ފިލްމުތައް އަންނަން ފަށާނެއެވެ.

"ޑަންކީ" ގެ ޝޫޓިން އަށް ސައުދީ އަށް ފިލްމުގެ ކާސްޓާއި ކްރޫ ދިޔައީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ޑަންކީ" އަކީ ކުޅަދާނަ ޑައިރެކްޓަރު ހިރާނީއާ އެކު ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އަދި މީގެ ބަތަލާ އަކީ އޭނައާ އެކީ އަލަށް މަސައްކަތްކުރާ ތާޕްސީ ޕައްނޫ އެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

"ޑަންކީ" އަކީ ހިޖުރުކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީގެ މަންޒަރުތަކެއް ކުރިން އިންޑިއާ އާއި އިނގިރޭސިވިލާތާއި ހަންގޭރީގައި ވެސް ނަގާފައިވެއެވެ. އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓްގައި ޝާހުއާއި ތާޕްސީ ޕައްނޫ، ގެ އިތުރުން ވިކީ ކޯޝަލް، ބޮމަން އިރާނީ އަދި ސަތިޝް ޝާހް ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.