"ސޭމް ބަހާދޫރު" އަޅުވާ ދުވަސް އިއުލާން ކޮށްފި

"ސޭމް ބަހާދޫރު" އަޅުވާ ދުވަސް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
05 ޑިސެމްބަރ 2022 04:18
0

އިންޑިއާގެ އަސްކަރީ ބަތަލެއް ކަމަށްވާ ސޭމް މަނެކްޝޯ ނުވަތަ މަޝްހޫރު ނަމުން ނަމަ ސޭމް ބަހާދޫރުގެ ރޯލު، ވިކީ ކޯޝަލް ކުޅެފައިވާ ފިލްމު "ސޭމް ބަހާދޫރު" ސިނަމާތަކަށް ގެންނަ ތާރީހް އިއުލާން ކޮށްފިއެވެ.

ވިކިގެ ފުރަތަމަ ބަޔޮޕިކަކީ  "ސަރުދާރު އުދަމް ސިންގް"އެވެ. އެ ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީގެ ދަވަނަ ބައޯޕިކް ޑްރާމާގެ ޑައިރެކްޓަރަކީ ވިކީ މުހިއްމު ރޯލެއް ކުޅުނު 2018 ގެ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

"ރާޒީ" އާއި "ތަލްވާރު" އާއި "ޗަޕާކް" ފަދަ ފިލްމުތައް ގެނެސްދިން މެގްނާ ގުލްޒާރުގެ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 1 ގަ އެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

"ސޭމް ބަހާދޫރު"ގެ ޝޫޓިން ފަށައިފައިވާ އިރުގައި ފިލްމުން ދެބަތަލާ އަކު ފެނިގެން ދާނެއެވެ. އެއީ އެއީ ފާތިމާ ސަނާ ޝައިހާއި ސާނިއާ މަލްހޮތުރާ އެވެ. މިއީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މިދެތަރިނަކީ އެކުގައި ބޮލިވުޑަށްނުކުތް ދެތަރިންނެވެ. އެއީ 2016 ގެ "ދަންގަލް"އިން އާމިރު ޚާނާއި އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.