މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

މިނިސްޓަރ ޢިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

Author
މުޙައްމަދު ޖިމީ
22 ނޮވެމްބަރ 2020 04:46
0

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ފަރާތްތަކުންނެވެ. މިމައްސަލަ މަޖިލީހަށް ވައްދާފައިވާއިރު މިހާތަނަށް އެޖެންޑާކޮށްފައިނުވަނީ ބަޖެޓް ބަހުސް ކުރިއަށްދާތިއެވެ. ބަޖެޓް ބަހުސް ނިމުމުން މިމައްސަލަ އެޖެންޑާކުރައްވާނެކަމަށް މިޖިލީހުގެ ރައީސް ވިދާޅުވެފައިވާއިރު، މިމައްސަލަ ވަނީ މާދަމާއަށް އެޖެންޑާކޮށްފައެވެ. މިނިސްޓަރ އިމްރާންގެ މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އާންމު ކޮމިޓީން ވަނީ މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްއަށް 2 ގަޑިއިރު ކަނޑައަޅަފައެވެ. އަދި މިނިސްޓަރ އަށް މިމައްސަލާގައި ދިފާއުވުމަށްވެސް 30 މިނިސްޓްގެ ވަގުތެއް ދެވިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެެއެވެ.

މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ އެޖެންޑާކޮށްފައިވާއިރު، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިތުބާރު މިނިސްޓަރ އިމްރާނަށް އޮތްކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ނިންމާފައެވެ. އިމްރާނަށް އިތުބާރު އޮތްކަމަށް ނިންމާފައިވަނީ މިއަދުގެ ޕީޖީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއިއެކުގައެވެ. މަޖިލީހަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވަނީ މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު އުޝާމްގެ ސޮޔާއިއެކު 11 މެމްބަރުންގެ ސޮޔާއިއެކުގައެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.

ސޯޝަލް މީޑިޔާގައި މިދެމައްސަލާގައި އިމްރާންނަށް ފާޑުކިޔައި ގިނަބަޔަކު ދަނީ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އިމްރާން ވަނީ ރޭޕް މައްސަލާގައި ރާއްޖޭގެ މީޑިޔާތައް ވަރަށްބޮޑަށް ކުށްވެރިކޮށް، ގޯސް ވާހަކަތަކެއް ދެކެވިފައިވާނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ. އިމްރާން ރޭ ދެއްކި ވާހަތަކާއި ގުޅިގެން އެ މައްސަލަ ބެލުމަށް މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.