މަކަރާއި ހީލަތުގެ މައްސަލައެއްގައި 2 މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި 2 މީހަކު ހޯދަނީ

Author
ޢަލީ އާދަމް
01 ޑިސެމްބަރ 2022 03:17
0

މަކަރާއި ހީލަތުގެ މައްސަލައެއްގައި 2 މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މިދެމީހުން ހޯދަނީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއެވެ.

ދެ މީހުންގެ އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށް ފުލުހުން ބުނެއެވެ.

ހޯދަން އިއުލާންކޮށްފައިވާ ދެމީހުންނަކީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަޙްމަދު ސަލީމް (41އ)އާއި ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ (35އ)އެވެ. މިދެމީހުން ޙާޒިރުވާން ޖެހެނީ، 2022 ޑިސެމްބަރު 08 ވަނަ ދުވަހުގެ 10:00 އަށް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.