2016 ވަނަ އަހަރު އައްޑޫސިޓީގެ ވިޔަފާރިވެރިއެއްކަމަށްވާ ސ. ހިތަދޫ ބުރުނީ، ޢަލީ ޢަބްދުﷲ މަރާލި މައްސަލައިގައި ދަޢުވާކުރި އޭނާއަށް ބޮޑުބޭބެ ކިޔާ ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީއަށް 12 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.
ވިޔަފަރިވެރިޔާ ޢަލީ ޢަބްދުﷲ މާރާލާފައި 2016 ވަނަ އަހަރުގެ މާރިޗް މަހުގެ 2 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ޢަލީ ޢަބްދުﷲ ސައިކަލުގައި ދުއްވާފައި ދަނިކޮށް، އިބްރާހިމް ދީދީ އޭނާ ދުއްވަމުން ދިޔަ ސައިކަލުގައި ފައިން ޖަހައި ވައްޓާލުމަށްފަހު، ޢަލީ ޢަބްދުﷲ ކަރުގައި ވާފަށެއް ޖަހައި ކަރަށް ބާރުކޮށްގެންކަމަށް ދައުލަތުން އުފުލި ދަޢޫވާގައި ބުނެފައިވެއެވެ.
މިމައްސަލައިގައި އަހުމަދު އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް ދަޢުވާއަށް އޭނާ ވަނީ ކްރމިނަލް ކޯޓުގައި އިންކާރުކޮށްފައެވެ. އަދި ޢަލީ އިބްރާހީމް ދީދީގެ އިތުރުން އޭނާއަށް އެކަމުގައި އެހީތެރިވެދިންކަމަށް ތުހުމަތުކުރާ 3 މިީހަކަށްވެސް ދަޢުވާ އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެނދައުވާއެވެ. އެ 3 މީހުންނަކީ ސ. ހިތަދޫ، އަތަމާވިލާ، މައޫޒު މުޙައްމަދާއި، އެރަށު އައްޒާ، މުބާރިކް މުޙައްމަދު އަދި އެރަށު ނަޝީދީގޭ މުޙައްމަދު ޝިފާޒުގެމައްޗަށެވެ. ނަމަވެސް އެމީހުންގެ މައްސަލަ ނުނިމި އަދި ދަނީ ކުރިއަށެވެ.
ދައުލަތުން ވަނީ އިބްރާހިމް ދީދީއާ ދެކޮޅަށް 22 ހެކިވެރިންނާއި 6 ކިތާބީ ހެކި ހުށައަޅާފައެވެ. ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރޭގައި އިބްރާހިމް ދީދީ އާއި މައޫޒު މުހައްމަދާއި، މުބާރިކް މުހައްމަދާއި މުހައްމަދު ޝިފާޒު ގުޅިގެން އަލީ އަބްދުﷲ މަރާލި މަންޒަރު ފެނުނު ކަމަށް ބުނާ ސިއްރު ހެކިވެރިއަކު ހިމެނެ އެވެ. މިމައްސަލާގައި މިމަހުގެ8 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ އިބްރާހީމް ދީދީ އެ ތުހުމަތުތަކަށް އިންކާރު ކުރިނަމަވެސް އޭނާއާއި ދެކޮލަށް ހުށައަޅާފައިވާ ހެކިތައްކަށް ރިޔާއަތްކޮށް އެކުށް އޭނާ ކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށެވެ. މިޙުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އަދަމް މުޙައްމަދުއެވެ. ކޯތުން ކުރި ޙުކުމުގައި ވަނީ އިބްރާހީމް ދީދީ12 އަހަރާއި6 މަސް ދުވަހަށް ޖަލަށް ލުމަށެވެ.
އެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ، އިބްރާހިމް ދީދީ ދައުވާއަށް އިންކާރު ކުރި ނަމަވެސް، އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާ އެ ކުށް ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިބްރާހިމްދީދީ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ.
ޢަލީ އަބްދުﷲ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ފުލުހުންނަށް ހުށައެޅި ރިޕޯޓަކާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހިތަދޫ ސްކޫލާއި ދިމާއިން ވަލުތެރެއިންނެވެ. މި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަޙްޤީޤު ޓީމެއް އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންގެ ތަޙުޤީޤު ޓީމާއެކު ހަރަކާތްތެރިވަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މަޢުލޫމާތުދެއްވައެވެ.
ކޮމެންޓު ފޮނުވާ