ކެޓްރީނާގެ ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް

ކެޓްރީނާގެ ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް

Author
ފާތިމަތު ނާވީ
01 ޑިސެމްބަރ 2022 08:53
0

ބޮލީވުޑް ބިއުޓީ އަދި ހުނަރުވެރި ބަތަލާ ކެޓްރީނާ ކައިފް ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ކެޓަރީނާ މިހާރުވެސް އަންނަނީ "ކޭ ބިއުޓީ" ގެ ނަމުގައި އަމިއްލަ މޭކަޕް ބްރޭންޑެއް ވެސް ހިންގަމުންނެވެ. "ކޭ ބިއުޓީ"ގެ ލޭބަލް ގެ ދަށުން މޭކަޕް ގެ ގިނަ ސާމާނުތަކެއް ބާޒާރަށް ވަނީ. ނެރެފައިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މިކަމަށް ކެޓްރީނާ މަސައްކަތްކުރާތާ މިހާރު ދުވަސްތަކެއްވެއްޖެއެވެ. އަދި މާ ލަސްތަކެއް ނުވެ މި ބްރޭންޑް ލޯންޗް ކުރާނެ ކަމަށްވެއެވެ. ކެތްރީނާ ފާހަގަ ކުރެވެނީ ފިޓް ކޮން ހުރުމަށ ްވަރަށް މަސައްކަތް ކުރާ ތަރިއެއްގެ ގޮތުގައިއެވެ. އެގޮތުން ދޭތެރެއަކުން އޭނާ ޖިމް ގެ ފޮޓޯތަށް ފޭނުންނާއި ހިއްސާ ކުރެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

39 އަހަރުގެ ބަތަލާގެ ހެލްތު އެންޑް ވެލްނެސް ބްރޭންޑް ވާނީ ހަށިހެޔޮ، ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކޮށްދޭ ވަރަށް ވެސް ހާއްސަ ބްރޭންޑަކަށް ވާނެކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން 2019 ގައި ލޯންޗްކުރި "ކޭ ބިއުޓީ" މޭކަޕް ބްރޭންޑެއްގެ ގޮތުގައި މިހާރު މަގުބޫލު އަދި ގިނަބައެއްގެ މެދުގައި ވަރަށް ހނގާ ބްރޭންޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.