މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވާރލްޑް ކަޕް ފުޓު ބޯޅަ މުބާރާތުގައި ކޮސްޓަރިކާ ޖަޕާން މެޗް 1-0 ގެ ނަތީޖާއަކުން ކޮސްޓަރިކާ މޮޅު ވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ވަރުގަދަ ޖަރުމަނާ ދެކޮޅަށް ހައިރާން ކުރުނުވަނިވި ކާމިޔާބެއް ހޯދި ޖަޕާންގެ ކޯޗު މޮރިޔަސު ހަޖިމެވަނީ ފުރަތަމަ މެޗްގައި ޖާމަނީއާ ދެކޮޅަށް ކުޅެން ނުކުތް ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.
އެހެންނަމެވެސް ޖަޕާނުން ކޮސްޓަރިކާގެ ގޯލަށް އެޓޭކް ކުރުމުގައި ނާކާމިޔާބު ވާން ފެށުމާއެކު، ޖަޕާންގެ ކޯޗު މޮރިޔަސުވަނީ، މެޗްގެ އޮއިވަރު ބަދަލު ކުރުމުގެ ގޮތުން، ޖާމަނީއާ ދެކޮޅަށް ނުކުތް ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން ދަނޑަށް އަރުވާފައެވެ. މިގޮތުން ޖަޕާނުގެ ސްޓްރައިކަރ އަސަނީ ޓަކުމާގެ އިތުރުންވެސް، ގަދަ ނޫކުލާގައި ކުޅެމުން ދިޔަ ގިނަ ގުޅުންތެރިންވަނީ ކޮސްޓަރިކާގެ ގޯލަށް ހަމަލާތައް އަމާޒު ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެއާއެކު ޖަޕާންގެ ޑިފެންސަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ކޮސްޓަރިކާއިން ކާމިޔާބުކުރި ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗްގެ 81 ވަނަ މިނިޓްގައި ކޮސްޓަރިކާގެ ކޭޝަރ ފުލާއެވެ.
މި މެޗްގައި ޖަޕާނުން ކޮސްޓަރިކާގެ ގޯލަށް 14 ހަމަލާ އަމާޒު ކޮށްފައިވާއިރު، ކޮސްޓަރިކާއަށް ޖަޕާނުގެ ގޯލަށް ފޮނުވާލެވިފައިވަނީ އެންމެ 4 ހަމަލާއެވެ.
ޖަޕާނުން ދެން ކުޅޭނީ ގުރޫޕް އީގައި ސްޕެއިންއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުއެވެ.
ކޮމެންޓު ފޮނުވާ