ނަހުލާ ރަސްމީކޮށް ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި

ނަހުލާ ރަސްމީކޮށް ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި

Author
ހުސެއިން
26 ނޮވެމްބަރ 2022 04:04
0

ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ އަބިކަބަލުން އައިޝަތު ރަސްމީކޮށް ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

ޖުމުހޫރީ ޕާޓީގެ ސްލޮޓުގައި ޓްރާންސްޕޯޓު މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ނަހުލާ ރަސްމީކޮށް ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައި މިވަނީ، ނަހުލާގެ ނަން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނިފައި ނުވާކަން މީގެ ކުރިން މީޑއާތަކުގައި ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

މިގޮތުން މީގެކުރިން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޙިއްސާ ކޮށްފައިވާ މައުލޫމާތު ތަކާއި ގުޅިގެން، ޖުމުހޫރީ ޕާޓީގެ ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ، މިނިސްޓަރު ނަހުލާގެ ނަން އޮތްތޯ އިލެކްޝްންސް ކޮމިޝަންގެ ޕޯޓަލްއިން ގިނަބަޔަކު ބެލިއިރު، ނަހުލާގެ މައުލޫމާތު އަންނަނީ އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތެއްގެ ގޮތުގައެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރުމަހު އަދި މިއަހަރު އޮކްޓޯބަރުމަހުގެ އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތައް ދައްކާގޮތުން ނަހުލާއަކީ ޖުމުހޫރީ ޕާޓީގެ މެމްބަރެއް ނޫން

މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ކަމުގެ މަގާމު ރައީސް ސާލިހު ހުވާ ކުރެއްވީއްސުރެ ފުރުއްވަމުން ގެންދަވާ ނަހުލާގެ ނަން ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ނެތްނަމަވެސް، ރައީސް ސާލިހުގެ ކެބިނެޓްގެ ވަޒީރުކަމުގައި އޭނާ އިންނަވަނީ ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައިކަން ފާހަގަ ކޮށްލެވެއެވެ. އަދި، ޕާޓީގެ މެމްބަރަކަށް ނުވިނަމަވެސް ނަހުލާ ގެންދަވަނީ، ދިގު މުއްދަތެއް ވަންދެން ޖުމުހޫރީ ޕާޓީގެ ކައުންސިލްގައިވެސް އިންނަވަމުންނެވެ. އޭގެ އިތުރުން ނަހުލާވަނީ ޕާޓީ ޕްރޮމޯޓު ކުރުމަށްޓަކައި ހިންގުނަ ހަރަކާތްތަކުގައިވެސް އިސްފަރާތެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންފައެވެ.

ނަހުލާ ޖުމުހޫރީ ޕާޓީއަށް ސޮއި ކުރެއްވި ވަކި ތާރީޚެއް އެގެން ނެތް ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަހުލާ ޖުމުހޫރީ ޕާޓީއާއި ރަސްމީކޮށް ގުޅިވަޑައިގެންފައިވަނީ މި ނޮވެމްބަރުމަހުން ފެށިގެންވެ.

އިލެކްޝަންސްގެ ދަފްތަރުން މިހާރު ފެންނަން އިންނަ ގޮތުގައި ނަހުލާއަކީ މިހާރު ޖުމުހޫރީ ޕާޓީގެ މެމްބަރެއް

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެއް އަނބި ކަނބަލުން ކަމުގައިވާ އައިޝަތު ނަހުލާ މިހާތަނަށް ޖުމުހޫރީ ޕާޓީއާއި ރަސްމީކޮށް ގުޅިވަޑައިގެންފައި ނުވާ ސަބަބު ސާފު ކުރެވިފައެއް ނުވެއެވެ. އެހެންނަނަމަވެސް، އެއް ޕާޓީން އަނެއް ޕާޓީއަށް މެމްބަރުންނަށް ނޭގި ބަދަލު ކުރުމާއި، އަދި ވަގަށް މީހުން ޕާޓީތަކަށް ވައްދަމުން ދާކަމުގެ ތުހުމަތު ބައެއް ޕާޓީތަކުން ފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ ކޮށްފައެވެ.

އަދި އިލެކްޝަންސް ކޮމިޝަންގައި އޮތް ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދަށް ޕާޓީތަކުން ދައުލަތުގެ މާލިއްޔަތުން ގިނަ އަދަދެއްގެ ފައިސާ ނަގަންމުން ދާއިރު، އިލެކްޝަންސްގެ ކޮމިޝަނުގައި އޮތް ޕާޓީތަކުގެ ދަފްތަރުތަކަކީ ސައްޚަ ދަފްތަރުތަކެއް ނޫންކަމުގެ ޝަކުވާވެސް ގިނަ ބަޔަކު ކުރަމުން ދެއެވެ.

ޖުމުހޫރީ ޕާޓީއަކީ 10،000 މެމްބަރުން ހަމަކޮށް، ދައުލަތުން މާލިއްޔަތުން ފައިސާ ލިބެމުންދާ ޕާޓީއެކެވެ. މިގޮތުން އިލެކްޝްންސް ކޮމިޝަންގެ ވެބްސައިޓުގައި ވާގޮތުން ޖުމުހޫރީ ޕާޓީގައި މިވަގުތު 18،461 މެމްބަރުން އެބަ ތިއްބެވެ. އަދި އެޕާޓީއަށް މިއަހަރު ވަނީ ބަޖެޓުން 5.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އެހެންނަމަވެސް އެ ޕާޓީ ފާހަގަ ވެގެންދަނީ، ރިޔާސީ އިންތިޚާބާއި ގާތްވުމުން މެނުވީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގާ ޕާޓީއެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާސް
ޓްރާންސްޕޯޓުު މިނިސްޓަރުު ސޯލިހުގެެ ސުލޮޓެއް