ބަޖެޓަށް ވޯޓު ނުދީފާނެ އެމްޑީޕީ މެމްބަރުންނަށް ރީކޯ މޫސަގެ އިންޒާރެއް!

ބަޖެޓަށް ވޯޓު ނުދީފާނެ އެމްޑީޕީ މެމްބަރުންނަށް ރީކޯ މޫސަގެ އިންޒާރެއް!

ގުޅުންހުރި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ވޯޓު ނުދީފި އެމްޑީޕީގެ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅުދައްކައި ރީކޯ މޫސާ މަނިކު އިންޒާރުދެއްވައިފިއެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވައނީ، މި ބަޖެޓުބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ވާހަކަތަށް އަޑުއެހިކަމަށާ،  2014ވަނަ އަހަރު އޭނާ އެމްޑީޕީން ކަނޑާލުމުން ރައްޔިތުންގެ މަޖްލީހުގައި ހުރެ ޕާޓީގެ ވެރިޔަކަށްކުޑައިމީސްބަހެއް ބުނުމުން ކޮށްލިވަރު ހަނދާންއެބަހުރިކަމަށެވެ. އެހެންކަމުން މިހާރު އެމްޑީޕީގެ ޢާންމު މެމްބަރުން މިތިބީ ބަޖެޓުވޯޓަށް ބަލަން ކަމަށެވެ. އަދި ބަޖެޓަށް ވޯޓުދޭގޮތަށް ބަލާފައި މިނޭނާޅިޔަކުންމިނާނެކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އެއްބައި ކުރަން ކުރެވޭމަސައްކަތަކީ އިދިކޮޅުޕާޓީއާ އެއްފިކުރެއްގައި މަޖްލީހުގާ މަސައްކަތް ކުރާބަޔަކު އެމްޑީޕީގެ ވެރިންނާއި ސަރުކާރަށް ފިއްތުންތަށް ކުރިމަތި ކުރުމަށް ޖާގަދިނުން ނޫންކަމަށެވެ. އަދި ބަޣާވާތަށް މަގުފަހިކުރުމަށް ބަޔަކު ކުރާ މަސައްކަތަށް އާނބަސް ބުނުމެއްވެސް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސާ މަނިކަކީ އެމްޑީޕީގެ އެއްވެސް އިސް މަޤާމެއްގައި މިވަގުތު ހުންނެވި ބޭފުޅެއް ނޫނެނެވެ. 2014ވަނަ އަހަރު އޭނާ އެމްޑީޕީން ވަކިކުރިފަހުން ފާޓީއާ ދުރުގައި ހުންނެވުމަށްފަހު އަލުން އެޕާޓީއަށް ސޮއިކުރީ ދާދިފަހުންނެވެ. މިހާރު ދެބައިވެފައިވާ އެމްޑީޕީގައި މޫސަ ތާޢީދުކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނަށެވެ.

އަނެއްފެކްޝަނަކީ މަޖިލީހުގެ ރައީސް ނަޝީދަށް ތާޢީދުކުރާ ފެކްޝަނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ނަޝީދަށް ތާޢީދުކުރާ އެމްޑީޕީގެ މެމްބަރުން އަންނަނީ، ސަރުކާރުން ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ