ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެ ބަނދަރު ކޮށްފި

ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެ ބަނދަރު ކޮށްފި

Author
ހުސައިން
13 މާރޗް 2025 07:28
0

ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" 4 ދުވަހުގެ ދަތުރެއްގައި މިއަދު ހެނދުނު ރާއްޖެ އައިސްފިއެވެ. ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.

އެމްބަސީން ހާމަކުރެއްވި ގޮތުގައި، މި މަނަވަރު ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ޕާކިސްތާނު އަސްކަރިއްޔާއާއި އެމްއެންޑީއެފް ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި އަހަރުގެ ފަހުކޮޅު ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ސައީދު އާސިމް މުނީރުއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މެދުގައި އަސްކަރީ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ދަތުރަކީ އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ފަރާތުން މި މަނަވަރަށް މަރުޙަބާ ކިޔާފައިވާއިރު، މި ޒިޔާރަތަކީ ދެ ޤައުމުގެ ދިފާޢީ އަދި ސަލާމަތީ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނުވައިދޭނެ ފިޔަވަޅެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.