ސިނަމާލެ 4 އަމިއްލަ ކުރަން ބޭނުންވާ މީހުންނަށް ޖޫރިމަނާ މަޢާފްކޮށްދިފި

ސިނަމާލެ 4 އަމިއްލަ ކުރަން ބޭނުންވާ މީހުންނަށް ޖޫރިމަނާ މަޢާފްކޮށްދިފި

 

ސިނަމާލެ 4 އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރެއިން 540945/- ( ފައްސަތޭކަ ސާޅިސްހާސް ނުވަސަތޭކަ ސާޅިސް ފަސްރުފިޔާ ) މާފުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް ފިނޭންސްމިނިސްޓްރީގައި އެދުމާއި ގުޅިގެންނެވެ. މި ނިންމުން ފިނޭންސް މިނިސްޓްރީން ނިންމުމާއި ގުޅިގެން އެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކޮށްފައެވެ.

 އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެދުނީ މިކަން ކޮށްދޭން. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުގައި އެދުނީ މިކަން ކޮށްދޭން. އަޅުގަނޑުމެންގެ އެދުމުގެ މަތިން މިކަން ސަރުކާރުން ކޮށްދިނީމަ ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން.

– މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ފިނޭންސްމިނިސްޓްރީން ވިދާޅުވީ "ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލުގެ" ގައިވާ ގޮތުގެ މަތިން ދައުލަތަށް ނުލިބޭނެ ފައިސާއެއްކަމުގައި އެފައިސާ ކަނޑައަޅައިފިއެވެ.

ވިލިމާލެ ފްލެޓްތައް އަމިއްލަ ކުރުމަށް ފުރުޞަތު ދިނުމަށް ކައުންސިލުން ނިންމީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމީ މާލޭގައި ހުރި އެހެން ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުޞަތު އެ ފްލެޓްތަކުގެ ވެރިންނަށް ދިނުމަށާއި ވިލިމާލެ އާއި މާލޭގައި ހުރި 06 ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް ރައީސް އޮފީހުގައި އެދުމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.